މޮޅު ވިޔަފާރި ހިޔާލެއް ހުށަހަޅައިގެން އެވޯޑަކާ އެކު ދުބާއީއަށް ދާން ފުރުސަތު

ޖޫން 27، 2019: "ތައިލެންޑް ބިޒްނަސް މެޗިން ފޯރަމް 2019ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"'މޯލްޑިވްސް އިނޮވޭޝަން ކުއެސްޓް"ގެ ނަމުގައި އުފެއްދުންތެރި ވިޔަފާރިތައް ފެށުމާ ގުޅޭ ޕްރޮޕޯސަލް ހުށަހެޅުމުގެ މުބާރާތެއް ފަށައިފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް އިނޮވޭޝަން ކުއެސްޓް އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

މި މުބާރާތަށް ހުށަހަޅާ ޕްރޮޕޯސަލްތައް ޖަޖު ކުރުމަށްޓަކައި ކަނޑައަޅާފައިވަނީ އައިޓީ ސްޕެޝަލިސްޓުންނާއި ތައުލީމީ ދާއިރާ ފަދަ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ފަސް ޖަޖުންގެ ޕެނަލެކެވެ.

މުބާރާތް ރޭވިފައިވާ ގޮތް

  • ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި: 20 ފެބްރުއަރީ 2020
  • ޕިޗް ކޮމްޕެޓިޝަން އޮންނަ ތާރީހު: 25 ފެބްރުއަރީ 2020
  • އެވޯޑުކުރުން: 27 ފެބްރުއަރީ 2020

މި މުބާރާތުން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ މެދުގައި ގައުމީ ފެންވަރުގައި މުބާރާތެއް ބާއްވާނެ އެވެ.

އެ މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަށް "މޯލްޑިވްސް އިނޮވޭޝަން އެވޯޑް" ގެ ނަމުގައި ހާއްސަ އެވޯޑެއް ލިބުމުގެ އިތުރުން މާޗް މަހު ދުބާއީގައި އޮންނަ އެނުއަލް އިންވެސްޓްމަންޓް މީޓިންގްގައި ކުރިއަށްދާ ނެޝަނަލް ޕިޗިންގް ކޮމްޕެޓިޝަންގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.

comment ކޮމެންޓް