މިއަހަރު ނިމެންދެން ޔޫކޭ ބަލާނީ އީޔޫގެ ގައުމެއްގެ ގޮތުގައި: ރާއްޖެ

އިނގިރޭސިވިލާތް، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވިޔަސް މިއަހަރު ނިމެންދެން ޔޫކޭ، އީޔޫގެ ބައެއްގެ ގޮތުގައި ދެކޭނެކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވީ އެކަމާ ގުޅޭގޮތުން 2016 ވަނަ އަހަރު ނެގި ވޯޓުގައި ވަކިވާން ފެންނަކަމަށް އެގައުމުގެ ގިނަ ރައްޔިތުން ވޯޓު ދިނުމުންނެވެެ. ނަމަވެސް ކުރިމަތިވި ތަފާތު ގޮންޖެހުންތަކާއެކު އެކަން އޮތީ ތަންފީޒްނުކުރެވިފަ އެވެ. ނަމަވެސް ޔޫކޭ ވަނީ އިއްޔެ އިޔޫއިން ވަކިވެފަ އެެވެ.

އީޔޫއިން ވަކިވިނަމަވެސް މިއަހަރުގެ ނިޔަލަަށް އިންތިގާލީ މަރުހަލާގެ ދަށުން ނިންމަން ޖެހޭ ކަންތައްތައް ކުރުމަށް މިއަހަރުގެ ނިޔަލަށް ވަނީ ވަގުތު ދީފަ އެެވެ. އެ މަރްހަލާގައި އީޔޫ އާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ގުޅުންތައް އިންތިގާލީ އުސޫލުން އަދި ދެމިއޮންނާނެ އެވެ. އެއީ ދެފަރާތް ވަކިވުމުން ކުންފުނިތަކަށާއި ރައްޔިތުންގެ ދިރިއުޅުމަށް މިކަމުން ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ފާއިތުވި 54 އަަހަރު ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަަމަށާއި ގިނަ ކަންތައްތަކެއްގައި ދެ ގައުމުގެ ވިސްނުން ވަރަށް އެއްގޮތް ކަމަށެެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމިދުކުރާ ކަަމަށް ފޮރިން މިނިސްްޓްރީން ބުންޏެވެ.

comment ކޮމެންޓް