ކޮރޯނާ ވައިރަަސްގެ ދޮގު މައުލޫމާތު ފެތުރި 5 މީހަކު މެލޭޝިޔާއިން ހައްޔަރުކޮށްފި

މިހާރު ހަލުވިކަމާާއިއެކު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރިކަމުގެ ތުހުމަތުގައި މެލޭޝިޔާއިން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

މެލޭޝިޔާގެ ނޫސްތަކުން ބުނީ، ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ފާމަސީ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތްކުރާ ދެ މީހެއްގެ އިތުރުން ޔުނިވަސިޓީއެއްގައި ކިޔަވަމުން އަންނަ ދަރިވަރަކު ހިމެނެވެ.

މެލޭޝިޔާގެ ކޮމިއުނިކޭޝަންސް އަދި މަލްޓިމީޑިޔާ ކޮމިޝަނުން ބުނީ، ކޮރޯނާ ވައިރަހާ ގުޅޭ ގޮތުން ފޭސްބުކްގައި ދޮގު މައުލޫމާތު ޝާއިއުކުރިކަމުގެ ތުހުމަތުގައި، 49 އަހަރުގެ ޓިއުޝަން ޓީޗަރަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މީހުން ހައްޔަރުކުރެވިފައިވަނީ ދެ ދުވަސް މަތިން މެލޭޝިޔާގެ އެކި ސަރަހައްދުތަކުން ކަމަށް ވެސް ކޮމިޝަނުން ހާމަކުރި އެވެ.

ޗައިނާގެ ވޫހާން ސިޓީއިން އެންމެ ފުރަތަމަ ފެނިގެންދިޔަ ކޮރޯނާވައިރަސް މިހާރު ވަނީ ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިފައެވެ. ވައިރަސްގެ ސަބަބުން 213 މީހަކު މިހާތަނަށް މަރުވެފައިވާއިރު 10،000 އެއްހާ މީހުންނަށް މި ބަލި ޖެހިފައިވާކަމަށް ޗައިނާގެ ހަބަރުފަތުރާ ނޫސް އެޖެންސީތަކުން ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް