ސްޓްރީޓް ޑާންސާ ގެ އާ ލަވައެއް!

ފިލްމުގެ ޕޯސްޓަރެއް--

މި މަހު 24 ވަނަ ދުވަހު ރިލީޒްކުރި ރެމޯ ޑި ސޫޒާގެ ފިލްމު "ސްޓްރީޓް ޑާންސާ"ގެ އާ ލަވައެއް ދައްކާލައިފި އެވެ.

ފިލްމު ރިލީޒްކުރިތާ ހަތްވަނަ އަށްވީ ދުވަހު 50 ކުރޯޑުގެ އާމްދަނީއެއް ހޯދި އެ ފިލްމުގެ ލަވައެއް ރިލީޒްކުރި އިރު އެ ލަވައަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ނޯރާ ފަތެހީ، ޝްރައްދާ ކަޕޫރު އަދި ވަރުން ދަވަން ފެނިގެންދާ "ނާޗީ ނާޗީ" އަށް މިހާތަނަށް ވަނީ އަށް މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފަ އެވެ.

މި ފިލްމުގައި ފިރިހެން ލީޑުން ފެނިގެންދާނީ ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ތަރި ވަރުން ދަވަން އެވެ. އަންހެން ލީޑު ރޯލުން ފެނިގެން ދާނީ ޝްރައްދާ ކަޕޫރެވެ. މި ދެތަރިން އެކުގައި މީގެ ކުރިން "އޭބީސީޑީ 2" ގައި ވެސް މަސައްކަތް ކޮށްފައިވެއެވެ.

މި ފިލްމަކީ މިހާތަނަށް އިންޑިއާ އިން ގެނެސްދޭ އެންމެ ބޮޑު ޑާންސް ފިލްމެވެ. ޑާންސް ގްރޫޕްތަކެއްގެ ކުރިމަތިލުން ފިލްމުގައި ފެނިގެންދާނެ އެވެ. މި ފިލްމުގައި ކޮރިއޮގްރާފަރު ޕްރަބޫދޭވާގެ ސަޅި ނެށުންތަކެއް ފެނިގެންދާ ލަވަ "މުއްކާލާ މުކާބަލާ"ގެ ރީމޭކެއް ފެނިގެންދާނެ އެވެ.

comment ކޮމެންޓް