ހުނަރުވެރިން ބިނާ ކުުރުމުގެ ޕްރޮގްރާމް މުލީގައި ފަށައިފި

ހުނަރުވެރިން ބިނާ ކުރުމުގެ ޕްރޮގްރާމްގެ ދެވަނަ ކޯސް މ. މުލީގައި ފަށައިފި އެވެ.

މި ޕްރޮގްރާމަކީ އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ކޯސް ކުރިއަށް ގެންގޮސްފައިވަނީ، އއ. އުކުޅަހުގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމްގެ ދަށުން ހިންގާ ކޯސްތަކަކީ، މަސައްކަތުގެ ބާޒާރަށް ދިވެހިން ނެރުމާއި، އެކިއެކި ވަޒީފާތަކަށް ދިވެހިންނަށް ބޭނުންވާ ފަންނީ ތަމްރީނާ ހުނަރު ދަސްކޮށްދިނުމުގެ ގޮތުން ހިންގާ ކޯސްތަކެކެވެ.

އެގޮތުން މި ޕްރޮގްރާމްގެ ދެވަނަ ކޯސް މިއަދު މުލީގައި ފެށިއިރު، އެރަށުގައި ކުރިއަށް ގެންގޮސްފައިވަނީ ސެޓްފިކެޓް ލެވެލް ތިނެއް ގެ އިލެކްޓްރިޝަން ކޯހެވެ. ހަ މަހުގެ މުއްދަތައް ހިންގާ މިކޯހުގައި 28 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ގެސްޓްހައުސްތައް ގިނަ އުކުޅަހުގައި މިހާރު ފަށާފައިވާ ކޯހަކީ، ގެސްޓްހައުސް މެނޭޖްމަންޓް ރޮނގުން ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯހެކެވެ. އެ ކޯހުގެ މުއްދަތަކީވެސް ހަ މަސްދުވަހެެވެ. މިދިޔަ އާދިއްތަ ދުވަހު ފެށި އެ ކޯހުގައި 43 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

comment ކޮމެންޓް