އެމެރިކާގެ ބޮޑު ފާރުގެ ބައެއް ގަދަ ވަޔާއެކު ވެއްޓިއްޖެ

އިއްޔެ މެކްސިކޯ ފަޅިއަށް ވެއްޓުނު ބޯޑަރު ފެންސުގެ ބައެއް ތެދު ކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ސިންޓެސިސްޓީވީ

އެމެރިކާ އާއި މެކްސިކޯއާ ދެމެދު ފާރެއް ރޭނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްވެ ވަޑައިގެންނެވި ވައުދު ފުއްދުމުގެ ގޮތުން އެގައުމުގެ ބޯޑަރުގައި ޖަހަމުންދާ ފެންސުތަކުގެ ބައެއް އިއްޔެ ގަދަވަޔާއެކު ވެއްޓިއްޖެއެވެ.

ކެލިފޯނިއާގެ އެލް ސެންޓްރޯގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޓާގެ އޭޖެންޓަކު ވިދާޅުވި ގޮތުގައި އެސަރަހައްދުން ވެއްޓުނު ފެންސުގެ ބަޔަކީ މިހާރު އާރާސްތު ކުރަމުންދާ ބައެކެވެ. އަދި ވައިގަދަވީ ފެންސުގެ ޕެނަލްތައް ރަނގަޅަށް ހަރު ނުކުރެވެނީހެވެ.

އެ ހާދިސާގެ ވީޑިއޯއާއި ފޮޓޯތަކުން ފެންނަ ގޮތުގައި ފެންސުގެ ޕެނަލްތައް ވެއްޓިފައި ވަނީ މެކްސިކޯ ފަޅިއަށެވެ. އެ ހާދިސާގައި އެއްވެސް ތަނަކަށް އަދި މީހަކަށް އަނިޔާ ނުވާ ކަމަށާއި ފެންސުގެ ބައެއް ވެއްޓުމާއެކު އެތަނުގެ ކައިރީ އޮންނަ މަގުތަކުގެ ޓްރެފިކް ކޮންޓްރޯލުކުރުމުގެ މަސައްކަތް މެކްސިކޯއިން ފެށިކަމަށް އެމެރިކާގެ ކަސްޓަމްސް އޮފިޝަލު ވިދާޅުވިއެވެ. އަދި މިހާރު އެ އިދާރާއިން ދަނީ އެޕެނަލްތައް ހޯދާ، އަލުން ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ ނެޝަނަލް ވެދާ ސާވިސްއިން ބުނި ގޮތުގައި އިއްޔެ ވައި އެންމެ ގަދަވި އިރު ގަޑިއަކު 37 މޭލު ބާރުމިނުގައި ވައި ޖެހުނެވެ.

ރައީސް ޓްރަމްޕްގެ ކެމްޕެއިން ވައުދެއް ފުއްޓުމަށްޓަކައި އެމެރިކާއާއި މެކްސިކޯގެ ބޯޑަރުގައި ފާރެއް ރާނަން ޓްރަމްޕް އެންގެވީ 2017 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. ނަމަވެސް އެމަސައްކަތަށް ވަނީ މާލީގޮތުންނާއި ގާނޫނީ ގޮތުންވެސް އެކި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

އެ ދެ ގައުމުގެ ބޯޑަރުގެ 450 މޭލުގެ ސަރަހައްދެއްގައި ރާނަން ހަމަޖެހިފައިވާ އެ ފާރުގެ 100 މޭލު މިހާތަނަށް ނިމިފައިވާކަމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ މި މަހު އިއުލާންކޮށްފައެވެ. އޭގެ ތެރެއިން ބޮޑު ސަރަހައްދެއްގައި ކޮށްފައިވާ މަސައްކަތަކީ ކުރިން ބޯޑަރުގައި ޖަހާފައިވާ ބެރިއަރުތައް އާކޮށް، ޑިޒައިން ބަދަލުކުރުންކަމަށް ސީއެންއެންއިން ރިޕޯޓު ކުރެއެވެ.

comment ކޮމެންޓް