އެލައިޑްގެ 35 އަހަރުގެ މޫނުތައް

ރާއްޖޭގެ އެންމެ ބިޔަ އިންޝްއަރެންސް ކުންފުނީގެ 35 އަހަރުގެ ދަތުރުގައި އެ ކުންފުނީގެ ކާމިޔާބީގެ އަސްލަކީ އެ ކުންފުނީގެ ދުވަސްވީ މުވައްޒަފުންނެވެ. އެލައިޑްގެ އެ އާއިލާއިން ކަސްޓަމަރުންނަށް ކޮށްދިނީ ވަރަށް ވެސް ބޮޑު ހިދުމަތެކެވެ. އެލައިޑްގެ އަހަރީ ދުވަހު މި ގެނެސްދެނީ އޭގެ ތެރެއިން ބައެއް ހިދުމަތްތެރި މޫނުތަކެވެ؛

1. ހުސެން ރަޝީދު - އެސިސްޓެންޓް މެނޭޖާ/ ޖެނެރަލް ކްލައިމްސް

އޭނާ އެލައިޑާ ގުޅުނީ މީގެ 12 އަހަރު ކުރިންނެވެ. މިއަދު އެލައިޑް ވެފައި ވަނީ އޭނާގެ ހަޔާތުގެ ވަރަށް ވެސް ބޮޑު ބަޔަކަށެވެ. އެލައިޑުން އޭނާއަށް މަތީ ތައުލީމު އުގަންނައިދިނެވެ. އޭނާގެ ޕްރޮފެޝަންގައި ކުރިއަށް ދިޔުމަށް އެލައިޑަކީ އެންމެ ބޮޑު އެހީތެރިއާ އެވެ. އެލައިޑްގައި އޭނާ ހިދުމަތް ކުރަނީ ހިތްހަމަ ޖެހިގެން އުފަލުންނެވެ. އޭނާ ހުރީ އެ ހިދުމަތުގައި ދެ ގޮތެއް ނުވެ ހުރުމުގެ އަޒުމުގަ އެވެ.

2. މުހައްމަދު ހައްސާން - ސީނިއާ ސޭލްސް އެގްޒެކެޓިވް

މި ބޮޑު އާއިލާއަށް ހިދުމަތް ކުރުމުގައި ހައްސާން އުޅޭތާ މިހާރު 12 އަހަރު ވެއްޖެ އެވެ. އޭނާ ބުނާ ގޮތުގައި އެލައިޑްގައި އޮތީ މުވައްޒަފުންނަށް ވަރަށް ވެސް "ކޫލް" މާހައުލެކެވެ. އެލައިޑަކީ ގުޅިގެން އެއްބައިވަންތަ ކަމާ އެކު އުޅޭ ބޮޑު އާއިލާއެކެވެ. އޭނާ ފަހުރުވެރިވަނީ އެ އާއިލާގެ މެންބަރެއްގެ ގޮތުގައި ދެމި ހުރެވޭތީ އެވެ.

3. މަރިޔަމް އަލީ - އާންޓީ

މީގެ 14 އަހަރުކުރިން އެލައިޑާ ގުޅުނު މަރިޔަމް އަލީ، އެލައިޑްގެ އާއިލާގެ ނަމުން ނަމަ އާންޓީއަކީ މި އާއިލާގެ ރޫހެވެ. މުވައްޒަފުންގެ މަންމަ އަކީ ހަގީގަތުގައި އޭނާ އެވެ. މުވައްޒަފުންގެ ދުވަހުގެ މަސައްކަތަށް އާ ރޫހެއް ގެނެސް ދެނީ އާންޓީގެ ހިތްވަރުންނެވެ. އޭނާއަށް އޮތް ހިތްހަމަ ޖެހުމަކީ، އެލައިޑްގެ ހިދުމަތުގައި އެތައް ޒަމާންތަކެއް ވުމެވެ. އޭނާއަށް ލިބޭ އުފަލަކީ އެލައިޑްގެ އާއިލާއިން އޭނާގެ އަގު ވަޒަންކުރުމެވެ.

4. ފާތިމަތު އަހުލާމް - އެސިސްޓެންޓް މެނޭޖަރު

އެލައިޑާ އެކު އަހުލާމް 12 އަހަރު ހޭދަކޮށްފި އެވެ. އޭނާ ބުނާ ގޮތުގައި އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، މުވައްޒަފުންގެ ކުރިއެރުމަށް އެލައިޑުން ދޭ އަހައްމިއްޔަތު ކަމެވެ. އޭނާގެ އަޒުމްކަނޑައަޅައިގެން ހުރީ އެލައިޑްގެ ހިދުމަތުގައި ދެމިހުރުމަށެވެ. އޭނާ ބުނާ ގޮތުގައި އެއަށް ވުރެ ވަކީން ބޮޑު އުފަލެއް ނެތެވެ.

--

ވީޑިއޯ: މަރިޔަމް މާޝާ ނައީމް

comment ކޮމެންޓް