ސިވިލް ކޯޓުގައި ޝަރީއަތް ހިންގާ ނިޒާމް މުރާޖައާ ކުރަނީ

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިވިލް ކޯޓުގައި ޝަރީއަތް ހިންގާ ނިޒާމް މުރާޖައާ ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފިއެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސުޕްރީމް ކޯޓުގެ އެންގުމަށް ސިވިލް ކޯޓުގައި މިހާރު ގާއިމްކޮށްފައިވާ ޑިވިޝަންތަކަށް ބަހާލައިގެން މައްސަލަ ބަލާ އުސޫލަކީ އެންމެ ރަގަޅު އުސޫލެއް ނޫން ކަމަށެވެ. އެހެންކަމުން އެ ނިޒާމް މުރާޖައާކޮށް އިސްލާހު ކުރުމުގެ މަސައްކަތް ފެށުމަށް ޑީޖޭއޭއަށް ދެންނެވުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

އެކި ބާވަތްތަކުގެ މައްސަލަތައް ބެލުމަށް ސިވިލް ކޯޓުގައި ފަސް ޑިވިޝަނެއް ސުޕްރީމް ކޯޓުން ގާއިމް ކުރީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

އެ ނިޒާމުގެ ގާއިމް ކުރިއިރު އެ ކޯޓުން ބަލަމުންދިޔަ ހިބަ އާއި ވަސިއްޔަތާއި ތަރިކައިގެ މައްސަލަތައް ފެމިލީ ކޯޓުން ބަލަންޖެހޭ ގޮތަށް ހަމަޖެއްސިއެވެ.

comment ކޮމެންޓް