ސިވިލް ކޯޓުން އަވަސް އަރުވާލައިގެން މައްސަލަ ބެލުން ހުއްޓުވައިދޭން އެދިއްޖެ

ޖަސްޓިސް ބިލްޑިގ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތައް އަވަސް އަރުވާލައިގެން ނިންމާތީވެ އެކަން ހައްލު ކުރުމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި އެދިއްޖެ އެވެ.

ޖޭއެސްސީ މިއަދު ނެރުނު ބަޔާނުގައި ބުނީ، ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލަތައް އަވަސް ކުރުމުގެ ނިޔަތުގައި ނުވަތަ ގިނަ މައްސަލަތައް ނިންމާ ކަމުގެ ޝަރަފު ހޯދުމަށްޓަކައި ނުވަތަ ވަކި މުއްދަތެއްގައި ކޯޓުގައި މައްސަލަތައް ނުބޭއްވުމުގެ ނިޔަތުގައި "އަދުލު އިންސާފާ މެދު ސުވާލު އުފެދޭ ގޮތަށް" ސިވިލް ކޯޓުގައި ބައެއް ފަނޑިޔާރުން މައްސަލަތައް ބަލާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

"އެކަން ހައްލު ކުރުމަށް ޑީޖޭއޭ ގައި ދެންނެވުމަށް މި ކޮމިޝަނުން މިއަދު ނިންމި،" ޖޭއެސްސީގެ ބަޔާނުގައި ބުންޏެވެ.

އެ ނިންމުމެގެ އިތުރުން ޖޭއެސްސީން ވަނީ މިއަދުގެ ބައްދަލުވުމުގައި ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުގެ ސްލޫކީ މައްސަލަވެސް ބަލަން ނިންމާފައި ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް