މަހްލޫފުގެ ގަމީހަށް ބޮޑު ސަމާލުކަމެއް

އުރީދޫއިން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަހުމަދު މަހުލޫފު --- ފޮޓޯ : އުރީދޫ

މި ފަހުން ބޭއްވި ހަފްލާއެއްގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ތުރުކުރެއްވި ގަމީހަކަށް، ގިނަ ބައެއްގެ ސަމާލުކަން ލިބި އެ ގަމީހުގެ މައްސަލަ ބޮޑު ބަހުސަކަށް ވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ހޮޓަލް ޖެންގައި އުރީދޫގެ ޕާޓްނަރުންނާ އެކު ބޭއްވި ހާއްސަ ހަފްލާއެއްގައި މިނިސްޓަރު މަހުލޫފު ތުރުކުރެއްވި ގަމީސް ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފަ އެވެ.

އެއް ބަޔަކު ބުނަމުން ދިޔައީ ގަމީހަކީ ވަރަށް ރީތި ގަމީހެއް ކަމަށެވެ. އަނެއް ބަޔަކު ބުނަމުން ދިޔައީ އެއީ "ކުލަ މަޖާގަނޑެއް" ކަމަށެވެ. ނަމަވެސް އެއާއެކު، ފެންމަތިވީ އެހެން ވާހަކަތަކެކެވެ. އެއީ އެ ގަމީހުގެ އަގާ ގުޅޭގޮތުން ދެކެވެން ފެށި ވާހަކަ އެވެެ.

ރާއްޖޭގެ ބައެއް ނޫސްތަކުގައި އެ ގަމީހުގެ އަގާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކައިފަ އެވެ. އެގޮތުން އެއްބައި ފަރާތްތަކުން ބުނާގޮތުގައި އެ ގަމީހަކީ 800 ޑޮލަރުގެ ގަމީހެކެވެ.

އަނެއްބައި، ފަރާތްތަކުން ބުނެފައިވަނީ އެ ގަމީހަކީ ޑޮލްޗޭ އެންޑް ގަބާނާގެ ހެރޯލްޑް ޕްރިންޓް ލައިނަޕްގެ ގަމީހެއް ކަމަށެވެ. އަދި އެ ގަމީހުގެ އަގު 700 ޑޮލަރުން މަތިވާނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ކޮންމެއަކަސް ގަމީހާ ގުޅޭގޮތުން އާންމުންގެ މެދުގައި ދެބަސްވުންތައް ހޫނުވެފައިވާ ވަގުތެއްގައި އެންމެ ފަހުން މިނިސްޓަރު މަހުލޫފު، އެކަމަށް މިވަނީ ރައްދު ދެއްވައިފަ އެވެ.

މަހްލޫފު ވިދާޅުވީ އެ ގަމީހަށް 800 ޑޮލަރު ނާރާނެ ކަމަށެވެ.

"ދުބާއީ ދެކޮޅު ޓިކެޓު ނަގައިގެން ގޮސް ނިއު އިޔާ ސޭލް އިން ތި ގާމީސް ގަނެގެން އަޔަސް 800 ޑޮލަރެއް ނާރާނެ އިނގޭތޯ،" މަހްލޫފު ވިދާޅުވި އެވެ.

comment ކޮމެންޓް