ސިވިލް ކޯޓުގެ އިސް ގާޒީގެ އިތުރު މައްސަލައެއް ބަލަނީ

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ އިތުރު މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަބްދުﷲ އަލީ އާއި މެޖިސްޓްރޭޓުންތަކެއްގެ މައްސަލަ ބެލުމަށް ވެސް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

މައްސަލަ ބަލަން ނިންމި މެޖިސްޓްރޭޓުން

  • އދ. ދަނގެތީ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އާމިރު
  • ގއ. ނިލަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް މުހުސިން އަބްދުލް ހަކީމް
  • ޅ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މޫސާ

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އާއި ތިން މެޖިސްޓްރޭޓުންނާ ގުޅޭގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ނުބުނެއެވެ.

މިދިޔަ އަހަރު ވެސް ޖޭއެސްސީން ވަނީ އިސް ގާޒީ އަބްދުﷲ އަލީގެ މައްސަލައެއް ބަލަން ފަށާފައެވެ. އެ މައްސަލަ އަދި ނުނިމެއެވެ.

comment ކޮމެންޓް