ގޯލްޑް 100 ގާލާއާއި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް އޭސް ޓްރެވަލްސް ހަމަޖައްސައިފި

ގޯލްޑް 100 އާއި ބިޒްނަސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް އޭސް ޓްރެވަލްސް މޯލްޑިވްސް ހަމަޖައްސުން -- ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް

މި އަހަރުގެ ބާއްވާ ބިޒްނަސް އެކްސްޕޯއާއި ގޯލްޑް 100 ގާލާގެ ގޯލްޑް ޕާޓްނަރަކަށް އޭސް ޓްރެވަލްސް މޯލްޑިވްސް ހަމަޖައްސައިފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި އޭސް ޓްރެވަލްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކަންޓްރީ މެނޭޖަރު ރޯޝަން މަދޫރާވާލާ އެވެ. އަދި އޯކާ މީޑިއާ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ހުސައިން ސަނީ އުމަރު އެވެ.

ގޯލްޑް 100 އާއި ބިޒްނަސް އެކްސްޕޯއަކީ ވިޔަފާރި ހަބަރު ގެނެސްދޭ ކޯޕަރޭޓް މޯލްޑިވްސް މަޖައްލާއިން އިންތިޒާމުކުރާ ދެ ހަރަކާތެވެ.

ގޯލްޑް 100 އަކީ ކުންފުނިތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ 100 ކުންފުނީގެ ލިސްޓެއް ކޮންމެ އަހަރަކު ވެސް އާންމުކުރާ އިރު، މިއީ ވަނަ ހޮވައިގެން އެކުލަވާލާ ލިސްޓެއް ނޫނެވެ.

ބިޒްނަސް އެކްސްޕޯއަކީ ބިޒްނަސް ނެޓްވޯކިންގް ސެޝަނަކާއި ޓްރޭޑް ޝޯވއެއް ހިމެނޭ ގޮތަށް ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯގައި 150 އަށް ވުރެ ގިނަ ކުންފުންޏާއި ވިޔަފާރީގެ ދާއިރާގެ 3000 އަށް ވުރެ ގިނަ ތަޖުރިބާކާރުން ބައިވެރިވެ އެވެ.

މިއަހަރުގެ ބިޒްނަސް އެކްސްޕޯ އޮންނާނީ ފެބްރުއަރީ މަހުގެ 23 އަދި 24 ވަނަ ދުވަހު ދަރުބާރުގޭގަ އެވެ. އަދި ގޯލްޑް 100ގެ ގާލާ އޮންނާނީ ފެބްރުއަރީ 25 ވަނަ ދުވަހު ދަރުބާރުގޭގަ އެވެ.

comment ކޮމެންޓް