"ބަމްބީ"ގެ ލައިވް އެކްޝަން ފިލްމެއް ހަދަނީ

ބަމްބީގެ ޕޯސްޓަރެއް---

ނަވާރަސަތޭކަ ސާޅީސް ދެވަނަ އަހަރު ނުކުތް ކާމިޔާބު އެނިމޭޓެޑް ފިލްމު "ބަމްބީ"ގެ ލައިވް އެކްޝަން ފިލްމެއް ގެނެސްދިނުމަށް ނިންމައި އެ ފިލްމުގެ މަސައްކަތްތައް ފަށައިފިއެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރާނީ މިދިޔަ އަހަރު ރިލީޒްކުރި "ކެޕްޓަން މާވެލް" ގެ ރައިޓަރު ޖެނެވާ ރޮބަޓްސަންޑިވޮރެޓާއި ލިންޒީ ބިއާ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔާނެ މީހުން އިއުލާންކުރި ނަމަވެސް މި ފިލްމު ޑައިރެކްޓްކުރާނީ ކާކުކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ޑިޒްނީ އިން އަންނަނީ އެމީހުންގެ ގިނަ އެނިމޭޓެޑް ފިލްމުތައް ލައިވް އެކްޝަން ފިލްމުގެ ގޮތުގައި ގެނެސްދީފައެވެ. އޭގެ ތެރޭގައި ލަޔަން ކިންގް، އަލާއްދީން އަދި ޑަމްބޯ ހިމެނެއެވެ.

ކުރިއަށް ވެސް ޑިޒްނީގެ ލައިވް އެކްޝަން ފިލްމުތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މުލާން ހިމެނެއެވެ. އޭގެ އިތުރުން ލިޓްލް މާމެއިޑް، ސްނޯ ވައިޓް އެންޑް ދަ ސެވެން ޑްވޯފްސް އަދި ޕިނޯކިޔޯ ގެ ލައިވް އެކްޝަން ފިލްމުވެސް ވަނީ ގެނެސްދޭން ނިންމާފައެވެ.

comment ކޮމެންޓް