ކަންގަނާ ދެން ކުޅޭނީ އެއާ ފޯސް ޕައިލެޓެއްގެ ރޯލު!

ކަންގަނާ ރަނައުތު---

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އަންހެނުންތަކުގެ ތެރޭގައި ހިމެނޭ ފިލްމީތަރި ކަންގަނާ ރަނައުތުގެ ކުރިއަށް އޮތް ފިލްމު "ތޭޖަސް"ގައި އޭނާ ފެނިގެންދާނީ އެއާފޯސް ޕައިލެޓެއްގެ ރޯލުންކަމަށް ހަބަރުތައް ބުނެފިއެވެ.

އެ ފިލްމަކީ ސަރްވޭޝް މެވާރާ ޑައިރެކްޓްކޮށް ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެ ފިލްމުގެ ރޯލު އޭނާއަށް ލިބުނުކަން އޭނާ ކަށަވަރުކޮށްދީފައިވާއިރު އެ ރޯލާ ގުޅޭ ގޮތުން ކަންގަނާ ބުނީ ކުޑައިރުންފެށިގެންވެސް ސޯލްޖާއެއްގެ ރޯލު ކުޅުމަކީ ހުވަފެނެއް ކަމަށެވެ.

އެހެންކަމުން މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށާއި އެންމެ ބެސްޓް ދެއްކޭތޯ މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. ޖުލައި މަހު ޝޫޓިން ފަށާ އެ ފިލްމަށް ކަންގަނާ ތަމްރީނުތަކެއް ހަދާނެއެވެ.

ކަންގަނާގެ ޕަންގާ މިހާރު އޮތީ ސިނަމާތަކުގައެވެ. އެ ފިލްމަށް ކްރިޓީކުން އަންނަނީ ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ. ޕަންގާއަކީ އިންޓަނޭޝަނަލް ކަބައްޑީ ކުޅުންތެރިއެއްގެ ދިރިއުޅުން ދައްކުވައިދޭނެ ފިލްމެކެވެ.

މިހާރު އޭނާ މަސައްކަތްކުރަމުން އަންނަީ ފިލްމު ތަލައިވީ ގައެވެ. އެ ފިލްމު ރިލީޒްކުރާނީ ޖޫން 26 ގައެވެ. އެ ފިލްމަކީ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު

comment ކޮމެންޓް