"މިޝަން މަންގަލް"ގެ ޑައިރެކްޓަރު ޖަގަން އައިސީޔޫގައި

ޖަގަން އާއި ފިލްމުގެ ތަރިން---

މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "މިޝަން މަންގަލް"ގެ ޑައިރެކްޓަރު ޖަގަން ޝަކްތީގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި އައިސީޔޫގައި އޭނާއަށް ފަރުވާދެމުން އަންނަނީ މިދިޔަ ހޮނިހިރު ދުވަހުން ފަށައިގެންނެވެ. އޭނާގެ ހާލު ދެރަވީ އޭނާގެ ރަހުމަތްތެރިންނާ އެކުގައި ތިއްބާ ކުއްލި އަކަށެވެ. ވަގުތުން ހޮސްޕިޓަލަށް ގޮސް ޓެސްޓްތައް ހެދުމުން ނަތީޖާ ދެއްކީ ސިކުނޑީގައި ލޭގަނޑުވެފައި ހުރި ކަމަށެވެ.

މިޝަން މަންގަލް އަކީ އިންޑިއާގެ ފުރަތަމަ ސްޕޭސް ފިލްމެވެ. ފިލްމުގެ ލީޑު ރޯލުން އަކްޝޭ ކުމާރު ފެނިގެންދިޔައިރު އެ ފިލްމުގައި ކްރިތީ ކުޅާރީ، ތާޕްސީ ޕަންނޫ، ސޮނާކްޝީ ސިންހާ، ވިދްޔާ ބާލަން، ޝަރްމަން ޖޯޝީ އަދި ނިތިޔާ ފަދަ ތަރިން ހަރަކާތްތެރިިއެވެ.

މި ފިލްމަށް ބޮކްސްއޮފީހުގައި ވަނީ 200 ކުރޯޑުގެ އާމްދަނީއެއް ލިބިފަ އެވެ.

comment ކޮމެންޓް