ހާލުގައި ޖެހުނު ލަންކާ މަސްބޯޓަކަށް ސިފައިން އެހީވަނީ

އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް ހަރަކާތްތެރިވަނީ --- ފޮޓޯ/ އައްޑޫލައިވް

އިންޖީނު ހުއްޓިގެން ހާލުގައި ޖެހިފައިވާ ސްރީލަންކާގެ މަސް ބޯޓެއް ދިއްފުއްޓާދިމާލު ބޭރުން އޮޔާދާތީ ސިފައިން އެ ބޯޓަށް އެހީތެރިކަންފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އަޒިމް ވިދާޅުވީ މާލޭގެ އިރުން 199 ނޯޓިކަލް ބޭރުން މަސް ބޯޓެއް އޮޔާދާކަމުގެ މައުލޫމާތު މިއަދު ހަވީރު 5:00 ގައި ލިބުމާ ގުޅިގެން އެމްއެންޑީއެފްގެ ގޯސްޓްގާޑުގެ ލޯންޗެއް އެ ބޯޓު ކައިރިއަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.

"ކޯސްޓްގާޑުގެ ނޫރައްދީން ލޯންޗަށް އެ ސަރަހައްދަށް ދެވޭނެ ކަމަށް ބެލެވެނީ މިރޭ 21:30 ހާއިރު،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެ މަސް ބޯޓުގައި މީހުން އެބަތިބި ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

comment ކޮމެންޓް