"ހުވާ" އިން ޓިކްޓޮކް ތަރި ޝާއިފް!

ޓިކްޓޮކް ތަރި ޝާއިފް---

ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ވާހަކައަކަށް އޭނާ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ ދިވެހި ވެބް ސީރީޒް "ހުވާ" އަށް ޓިކްޓޮކް އިން ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އިބްރާހިމް ޝާއިފް ފެނިގެންދާނެ އެވެ.

ހުވާގެ ފޭސްބުކް ޕޭޖުގައި އެކަން އިއުލާންކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ އޭނާ ފެންނާނީ ކޮން ކަހަލަ ކެރެކްޓާ އަކުންތޯ ސުވާލު އުފައްދަމުންނެވެ. ނަމަވެސް އޭނާ ފެނިގެންދާނީ ކޮން ކެރެކްޓާއަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

"ޝާއިފްގެ ގައިގައި އެކްޓްކުރުމުގެ ހުނަރު އެބަހުރި. އެ ގާބިލްކަން އެބަހުރި. މި ދާއިރާ އިން ވަރަށް އުހަށް ޝާއިފް ދާނެ،" ހުވާ ގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެއެވެ.

އަންނަ ބުރާސްފަތި ދުވަހު ހުވާގެ ދެވަނަ ސީޒަން ބައިސްކޯފުން ސްޓްރީމް ކުރަން ފަށާއިރު މި ސީޒަން ވެގެންދާނީ ކުރީ ސީޒަނުން ނުފެންނަ ގިނަ ކާސްޓުންތަކެއް ފެނިގެންދާނެ ސީޒަނަކަށެވެ.

ޝާއިފް އަކީ ޓިކްޓޮކްގައި ވަރަށް މަޝްހޫރު ތަރިއެކެވެ. ގިނަ އަދަދެއްގެ ވީޑިއޯތަކެއް ކުޅެފައިވާ ޝާއިފް އަކީ ގިނަ ބައެއްގެ ޓިކްޓޮކް ފޭވަރިޓް ވެސް މެއެވެ.

މި ފަހަރު ހުވާގެ އެޕިސޯޑެއްގެ ދިގުމިނަކީ 20 މިނެޓެވެ.

comment ކޮމެންޓް