ކޮރޯނާ ވައިރަސް ޖެހިފައިވާ މީހެއް ރާއްޖެއަކުން ނުފެނޭ

ކޮރޯނާ ވައިރަސް އަންނަނީ ހަލުވި ކަމާއެކު ފެތުރެމުން --- ފޮޓޯ: ސީއެންއެން

ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފަށާފައިވާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހެއް ރާއްޖެއިން އަދި ފެނިފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފިއެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވް މީހެއް ފެނިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ވާހަކަތަކެއް ދެކެވިފައެވެ.

މިއަދު ހެލްތު މިނިސްޓްރީން ބުނެފައިވަނީ ޕޯޓުތަކުގައިވެސް ދަނީ ކޮރޯނާ ވައިރަސް އަށް މީހުން ޓެސްޓުކުރަމުން ކަމަށެވެ. އަދި އެމީހުންގެ ތެރެއިން ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ފެނިފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރޭގައި ވައިރަސް ޖެހިފައިވާ މީހަކު ބެލުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ދަނީ ސްކޭން ކުރުމަށްޓަކައި ތާމަލް ކެމެރާ ބަހައްޓާފައެވެ.

ޗައިނާގެ ހޫބެއި ޕްރޮވިންސުގައި އޮންނަ ވޫހާންއިން ފުރަތަމަ ފެނުނު އެ ވައިރަސް މިހާތަނަށް 1،300 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުން ފެނިފައިވާ ކަމަށް މިއަދު އެގައުމުން ބުންޏެވެ. އަދި އޭގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު 41އަށް އަރާފައިވާ ކަމަށް ވެސް އެގައުމުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް