"ސްޓްރީޓް ޑާންސާ"އަށް ބޮޑު ތަރުހީބެއް

ސްޓްރީޓް ޑާންސާގެ ޕޯސްޓަރެއް---

އިއްޔެ ރިލީޒްކުރި ފިލްމު "ސްޓްރީޓް ޑާންސާ" އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

ބޮލީވުޑްގެ މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. އޭނާ ވަނީ މި ފިލްމަށް ހަތަރު ތަރި ދީފައެވެ. އޭނާގެ އިތުރުން ގިނަ ކްރިޓީކުންނެއްވެސް މި ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ތަރަން ބުނީ މި ފިލްމަކީ ހުރިހާ ރަހަތަކެއް އެންމެ ފުރިހަމައަށް އެކުލެވިގެންވާ ފިލްމެއް ކަމަށާއި މި ފިލްމު ބޮކްސް އޮފީހުގައި ވިދާލާނެ ކަމަށެވެ. އަދި މި ފިލްމު ވަރަށް އަވަހަށް 100 ކުރޯޑު ހަމަކުރާނެ ކަމަށާއި މި ފިލްމު ޒުވާނުންނަށް ވަރަށް ކަމުދާނެ ކަމަށެވެ.

މި ފިލްމުގައި ފިރިހެން ލީޑުން ފެނިގެންދާނީ ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ތަރި ވަރުން ދަވަން އެވެ. އަންހެން ލީޑު ރޯލުން ފެނިގެން ދާނީ ޝްރައްދާ ކަޕޫރެވެ. މި ދެތަރިން އެކުގައި މީގެ ކުރިން "އޭބީސީޑީ 2" ގައި ވެސް މަސައްކަތް ކޮށްފައިވެއެވެ.

މި ފިލްމަކީ މިހާތަނަށް އިންޑިއާ އިން ގެނެސްދޭ އެންމެ ބޮޑު ޑާންސް ފިލްމެވެ. ޑާންސް ގްރޫޕްތަކެއްގެ ކުރިމަތިލުން ފިލްމުގައި ފެނިގެންދާނެ އެވެ. މި ފިލްމުގައި ކޮރިއޮގްރާފަރު ޕްރަބޫދޭވާގެ ސަޅި ނެށުންތަކެއް ފެނިގެންދާ ލަވަ "މުއްކާލާ މުކާބަލާ"ގެ ރީމޭކެއް ފެނިގެންދާނެ އެވެ.

comment ކޮމެންޓް