ކުޑަހުވަދޫއިން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދ.ކުޑަހުވަދޫ: އެރަށުން މަރުވެފައި އޮއްވާ މީހަކު ވަނީ ފެނިފައި --- ސަން ފޮޓޯ

ދ. ކުޑަހުވަދޫ ގޮޑުދޮށު މޫދުން މަރުވެފައި އޮއްވާ މީހަކު ފެނިއްޖެ އެވެ.

އެމީހާ މަރުވެފައި އޮއްވާ ފެނުނީ މިއަދު އިރުއޮއްސި 6:00 ހާއިރުއެވެ.

ކުޑަހުވަދޫ ކައުންސިލް ރައީސް އަހްމަދު ޝާމް މިރޭ "ސަން" އަށް ވިދާޅުވީ، އޭނާ ފެނުނީ އެރަށު ހުޅަނގު ފަރާތު މޫދުން ކަމަށެވެ.

"އޭނާ ހަށިހަގަނޑު ފެނުނީ އެ ސަރަހައްދަށް ދިޔަ ބަޔަކަށް. ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފައި،"ޝާމް ބުންޏެވެ.

"އެއްވެސް ގެއްލުމެއް ލިބިފައި ނެތް. [މަރުވެފައި އޮއްވާ ފެނުނީ] ކަސްރަތައް ނުކުމެއް އުޅެނިކޮށް ކަމަށް މީހުން ބުނަނީ،"

މަރުވެފައި އޮތް މީހާ ފުލުހުންގެ ވެެހިކަލްގައި ގެންދަނީ --- ސަން ފޮޓޯ/ ހައިކް

މަރުވެފައި އޮއްވާ ފެނުނީ އެރަށު ހިނާމާގޭ އުމުރުން 55 އަހަރުގެ ހުސައިން ރަޝީދު އަހްމަދެވެ.

ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ ގެނބިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް