ރައޫފު ސްޕްރީމްކޯޓަށް އައްޔަން ކުރަން ނުފެނޭ: ޖޭއެސްސީ

ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފު (ކ): އޭނާ ސްޕްރީމް ކޯޓަށް އައްޔަން ކުރުމަށް ނުފެންނަ ކަމަށް ވަނީ ނިްނމާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ސްޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ކުރަން ނުފެންނަ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް އަބްދުއްރައޫފު އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް، ޖޭއެއްސީގެ ލަފައަކަށް އެެދިވަޑައިގެންނެވީ މިދިޔަ ޑެސެމްބަރު މަހު އެއްވަނަ ދުވަހުއެވެ.

ނަމަވެސް ޖޭއެއްސީން އޭރު ނިންމީ އޭނާއާ ގުޅޭގޮތުން ތިން ފަރާތަކުން ޝަކުވާތަކެއް ހުށަހަޅާފައި ވުމުން އެ މައްސަލަތައް ބެލުމަށްފަހު، ރައީސަށް ލަފާ އަރުވަމަށެވެ.

މިއަދު ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ، އެ ކޮމިޝަންގެ އޭނާއާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތަކާއި ކޮމިޝަނުން ހޯދި މައުލޫމަތުތަކަށް ރިޢާޔަތްކޮށް އޭނާ ސުޕްރީމްކޯޓަށް އައްޔަނުކުރަން ނުފެންނަކަމަށް އިއްޔެ އޮތް ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

"ރައޫފު އެމަގާމަށް އައްޔަންކުރުމަށް ނުފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށް ނިންމެވި،" ޖޭއެސްސީގެ ބަޔާނުގައި ބުންޏެވެ.

ޖޭއެސްސީން އަބްދުއްރައޫފު އެ މަގާމަށް އައްޔަން ނުފެންނަކަމަށް ނިންމެވި އިރު، އެ ކޮމިޝަނުން މިމަހު 16 ވަނަ ދުވަހު ވަނީ ސުޕްރީމްކޯޓުގެ ކުރީގެ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިނުވެސް އަލުން އެ ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް ނިންމަވާފައެވެ.

ސުުޕްރީމްކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު، އެ ކޯޓުގައި އަދިވެސް ދެ ފަނޑިޔާރުންގެ ގޮނޑި ހުހެވެ.

comment ކޮމެންޓް