ކާރެއް ކޮންޓްރޯލު ނުވެ ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓުވެއްޖެ

މިއަދު ހެނދުނު އެކްސިޑެންޓު ހިނގި ސަރަަހައްދު --

ހުޅުމާލޭގައި ކާރެއް ކޮންޓްރޯލު ނުވެ މަގުމަތީގައި ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓުވެއްޖެ އެވެ.

ފުލުހުން ބުނީ ކާރެއް ކޮންޓުރޯލު ނުވެ ސައިކަލުތަކަކަށް އެރި ކަމުގެ ރިޕޯޓު މިއަދު ހެނދުނު 7:25 އެހާކަންހާ އިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުވެ ހިނގީ ހުޅުމާލޭ ޗަނބޭލިމަގުން އުތުރަށް ދުއްވާފައި ދިޔަ ކާރެއް އަނބުރާލަން ބޭނުންވެގެން ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައި ކާރުގެ ރޭސް ޕެޑަލްއަށް ފިއްތިގެން ކޮންޓްރޯލުން ނައްޓާލައިގެން ކަމަށެވެ.

އެ އެކްސިޑެންޓުގައި ޕާކުކޮށްފައި ހުރި ދެ ސައިކަލަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ.

comment ކޮމެންޓް