ގޯލްޑް 100ގެ ގޯލްޑް ޕާޓްނަރުކަމަށް އުރީދޫ

ގޯލްޑް 100 ގެ ޕާޓްނަރުކަމަށް އުރީދޫ ހަމަޖެއްސުން --- ފޮޓޯ/ އޯރކާ މީޑިއާ ގްޜޫޕު

ރާއްޖޭގެ އެންމެ ރަނގަޅު 100 ކުންފުނި ހޮވާ ކޯޕަރޭޓް މޯލްޑިވްސްގެ "ގޯލްޑް 100"ގެ ގޯލްޑް ޕާޓްނަރުކަމަށް އުރީދޫ ހަމަޖައްސައިފި އެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން ބުނި ގޮތުގައި މިއީ އުރީދޫ މޯލްޑިވްސްއިން ގޯލްޑް 100 ގެ ޕާޓްނަރަކަށް ވާ ދެވަނަ އަހަރެވެ.

ޕާޓްނަޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރު އޮފް ސޭލްސް ހުސައިން ނިޔާޒާއި އޯރކާ މީޑިއާ ގްރޫޕުގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

ކޯޕަރޭޓް މޯލްޑިވްސްއަކީ އޯރކާ މީޑީއާ ގްރޫޕުގެ ދަށުން ހިންގާ ވިޔަފާރި އަދި ހޮސްޕިޓެލިޓީ މަޖައްލާއެކެވެ.

އޯރކާ މީޑިއާ ގްރޫޕުން ބުނާ ގޮތުގައި، ގޯލްޑް 100 ލިސްޓުގެ އަމާޒަކީ ރާއްޖޭގެ ވިޔަފާރީގެ މުޖުތަމައުގެ ބައިވެރިންގެ އަގު ވަޒަންކުރުމެވެ. މި ލިސްޓު އެކުލަވަނީ ދެފުށް ފެންނަ އަދި އަދުލުވެރި ކްރައިޓީރިއާއެއްގެ ދަށުންނެވެ.

ގޯލްޑް 100 ކުންފުނިތަކުގެ ލިސްޓު އެކުލަވާލެވެނީ މިންކުރެވޭ ތަރުތީބަކުންނެވެ ނޫން ކަމަށާއި ލިސްޓު ތަރުތީބުކުރަނީ ކުންފުނިތަކުގެ ނަމުގެ އިނގިރޭސި ތަރުތީބުން ކަމަށްވެސް ކޯޕަރޭޓް މޯލްޑިވްސްއިން ބުނެ އެވެ.

https://sun.mv/130406

މި އަހަރުގެ ގޯލްޑް 100 އެވޯޑު ދޭ ގާލާ އޮންނާނީ ފެބްރުއަރީ 25 ވަނަ ދުވަހުގެ ރެ އެވެ. އަދި ފެބްރުއަރީ 23 އަދި 24 ވަނަ ދުވަހު ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްނަސް އެކްސްޕޯ 2020 ވެސް އޮންނާނެ އެވެ.

ސަން މީޑިއާ ގްރޫޕަކީ މި ދެ ހަރަކާތުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރެވެ.

comment ކޮމެންޓް