ދޯންޏެއް އަޑިއަށް ގޮސް ކަނޑުވި ބަޔަކު ސަލާމަތްކޮށްފި

ކަނޑުވި މީހުން ސަލާމަތްކޮށް އެމްއެންޑީއެފްގެ ލޯންޗަކަށް ނަގައިފައި -- ފޮޓޯ: އެމްއެންޑީއެފް

ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ކ. އިތާފުށި ކައިރިން އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 10:25 ހާއިރު ކަމަށާއި، ދޯނި އަޑިއަށް ދިޔައިރު ދޯނީގައި ތިބީ ހަތަރު ފިރިހެނުން ކަމަށެވެ.

އަޑިއަށް ގޮސްފައި ވަނީ 40 ފޫޓުގެ ކުޑަ ދޯންޏެކެވެ. ދޯނިން ދަތުރުކުރަމުން ދިޔަ މީހުން ކަނޑުވެފައި ތިއްބާ އެ ސަރަހައްދުން ދަތުރުކުރި ޑައިވިން ދޯންޏަކަށް ފެނިގެން އެމީހުން ވަނީ ނަގައިފައެވެ.

އެމްއެންޑީއެފް އިން ބުނީ ކަނޑުވި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

comment ކޮމެންޓް