ޔޫކޭގެ ޓީޗަރުން ވަޒީފާގައި ހަރުނުލާތީ މުސާރަ ބޮޑުކުރަނީ

އިނގިރޭސިވިލާތުގެ ޓީޗަރުންތަކެއް---

އިނގިރޭސިވިލާތުގެ ޓީޗަރުން ވަޒީފާގައި ހަރުނުލާތީ އެމީހުންގެ މުސާރަ ބޮޑުކުރަން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ފަހަކަށް އައިސް އެގައުމުގައި ޓީޗަރުން ވަޒީފާގައި ހަރުނުލުމާއި ފެންވަރު ރަނގަޅު ޓީޗަރުން ނުލިބުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.

އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީން މީގެ ކުރިން ވަނީ ޓީޗަރުންގެ މުސާރަ ބޮޑުކުރާނެ ކަމަށްވެސް ވައުދުވެފަ އެވެ.

މުސާރައަށް ގެނައި ބަދަލާއެކު އާ ޓީޗަރުންނަށް އަހަރަކު 26،000 ޕައުންޑް ލިބޭނެ އެެވެ. އަދި ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގައިވާ ގޮތުން، ދެ އަަހަރު ފަހުން ޓީޗަރުންގެ މުސާރަ އަހަރަކު 30،000 ޕައުންޑަށް ބޮޑު ކުރާނެ އެވެ.

އިނިގިރޭސިވިލާތުގެ ޓީޗަރުންގެ ޔޫނިއަންއިން ވަނީ އެ ބަދަލަށް މަރުހަބާ ކިޔައިފަ އެވެ.

އެ ބަދަލާ ގުޅޭގޮތުން އިނގިރޭސިވިލާރުގެ ޓީޗަރުންގެ ޔޫނިއަންއިން ވަނީ މަރުހަބާ ކިޔައިފަ އެވެ. ނަމަވެސް ޓީޗަރުންގެ ބަދަލުގައި އެ ދާއިރާގައި ހަރަކާތްތެރިވާ އެންމެންގެ މުސާރަ ބޮޑުކުރުމަށް ޔޫނިއަންއިން ވަނީ ގޮވާލައިފަ އެވެ.

މިއީ 2005 ވަނަ އަހަރުން ފެށިގެން ޓީޗަރުންގެ މުސާރަ އެންމެ ބޮޑަށް ބޮޑުކުރި ފަހަރެވެ. މުސާރަ ބޮޑުކުރުމުން ވަޒީފާއިން ކެނޑެން ބޭނުންވެފައި ތިބި 1000 ޓީޗަރުން ވަޒީފާގައި ދެމިތިއްބޭވަރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް