ޝާހު ފެން ކުންފުންޏަށް ބަދަލުކޮށް، އާޒިމް އެމްޓީސީސީގެ އެމްޑީއަކަށް ހަމަޖައްސައިފި

އެމްޓީސީސީގެ އެމްޑީ ޝާހު އަދި ފެން ކުންފުނީގެ އެމްޑީ އާޒިމް: އެދެބޭފުޅުންގެ މަގާމު ވަނީ ބަދަލުކޮށްފައި -- ސަން ފޮޓޯ

އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އާދަމް އާޒިމް އެމްޓީސީސީގެ އެމްޑީ ކަމަށް ބަދަލުކޮށް، އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު އެމްޑަބްލިއުއެސްސީގެ އެމްޑީ ކަމަށް މިއަދު ހަމަޖައްސައިފި އެވެ.

ރައީސް އިބްރާހމް މުހައްމަދު ސޯލިހުގެ އެންގެވުމަކަށް އެ ބަދަލު ގެނެސްފައިވާކަން، ރައީސް އޮފީހުން މިއަދު ޔަގީންކޮށްދިނެވެ.

ޝާހުވެސް "ސަން"އަށް ވިދާޅުވީ އެ ބަދަލު ގެނެސް މިއަދުގެ ވަގުތެއްގައި އޭނާއަށް އެކަން އަންގަވާފައިވާ ކަމަށެވެ. އެ ބަދަލު ގެނައި ސަބަބެއް އެއްވެސް ފަރާތަކުން ނުބުންޏެވެ.

ޝާހު ވަނީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެމްޕީއެލްގެ ޗެއާމަން ކަމުގެ މަގާމު އަދާކުރައްވައިފަ އެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އޭނާ ކުރެއްވި އެވެ.

އާދަމް އާޒިމް ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ އެމްޑީކަން ކުރައްވައިފަ އެވެ. އަދި އޭނާ އަކީ އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީގެ އެކި ފެންވަރުގެ މަގާމުތައް ގިނަ ދުވަސް ވަންދެން ފުރުއްވި ބޭފުޅެކެވެ.

comment ކޮމެންޓް