ހަމަދު ސްކޫލްގައި ކިޔަވައިދެނިކޮށް ފަންކާއެއް ވެއްޓިއްޖެ

ލ.ގަމުގައި ހުންނަ ހަމަދު ސްކޫލް---

ލ. ގަމުގެ ހަމަދު ސްކޫލްގައި ކިޔަވައިދެނިކޮށް ސީލިންގުގައި ހަރުކޮށްފައި ހުރި ފަންކާއެއް ވެއްޓިއްޖެ އެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް ޝައުކަތު ލަތީފް "ސަން" އަށް މިއަދު ވިދާޅުވީ ފަންކާ ވެއްޓިފައިވަނީ މިއަދު ހެނދުނު ކަމަށެވެ.

އެ ހާދިސާގައި ދެ ދަރިވަރުންގެ ކަނދުރާ ކައިރިން ހަންގަނޑު ކުޑަކުޑަކޮށް ދިޔުން ފިޔަވައި މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

" ފަންކާ ވެއްޓުނީ ޑެސްކު މައްޗަށް ފުރަތަމަ. ދެން ޑެސްކުގަ ޖެހިފައި ފަންކާ ދެ ކުއްޖެއްޖެއް ގައިގަ ޖެހުނީ. އެ ކުދިން ހޮސްޕިޓަލްއަށް ގެންދިޔައިން. ހޮސްޕިޓަލްއިން ބުނީ ސީރިއަސްކަމެއް ނެތޭ،" އޭނާ ވިދާޅުވި އެވެ.

އެ ހާދިސާ ހިނގުމުން ދަރިވަރުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ސަލާމަތީ އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަަމަށް ޝައުކަތު ވިދާޅުވި އެވެ.

comment ކޮމެންޓް