ދ. މީދޫގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ދ. މީދޫގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ދ. މީދޫގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު ޕްލޭނިން މިިންސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝަނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސެއިން މޫސާއެވެ.

އެ މަސައްކަތް އެމްޓީސީއާ ހަވާލުކުރީ 36.8 މިލިއަން ރުފިޔާއަށް 408 ދުވަހުން ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 373 މީޓަރުގެ ބޮޑު ހިލަ ބޭރުތޮށީ ޖަހައި 35 މީޓަރު ރިވެޓްމަންޓް ހަދައި 294 މީޓަރުގެ އެއްގަމުތޮށިލުން ހިމެނެ އެވެ.

އޭގެ އިތުރުން ދެ ނެރުބައްތި އާއި 15 ބަނދަރު ބައްތި ބަހައްޓައި 1470 ސްކޮޔާ މީޓަރު ޕޭވްމަންޓްއެއް ހަދައި 10 މޫރިންގް ބްލޮކްސް ހެދުންވެސް މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

މަޝްރޫއުގެ ދަށުން 15،875 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް އެއް ރޭމްޕް ގާއިމްކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް