ހީނާ ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

ބަތަލާ ހީނާ ހާން---

ކަސޯޓީ ޒިންދަގީ ކޭ ގައި ކޮމޯލިކާގެ ރޯލުން ފެނުނުނ ބަތަލާ ހީނާ ހާން ބޮލީވުޑަށް ތައާރަފްވާ ފިލްމު "ހެކްޑް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ހީނާ ކަސޯޓީ އިން ވަކިވީ ބޮލީވުޑުން ގިނަ ފުރުސަތުތަކެއް ލިބެން ފެށުމުންނެވެ. ވިކްރަމް ބަޓް ޑައިރެކްޓްކޮށްފައިވާ ފިލްމުގައި ހީނާގެ އިތުރުން ދެން ފެނިގެންދާނީ ސިދު މައްކަރާއި ރޯހަން ޝާހާއި މޯހިތު މަލްއުތުރާ އެވެ.

ހެކްޑް" ގައި ދައްކުވައިދޭނ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން މީހަކު ހީނާ އަށް ފުރައްސާރަކުރާ މަންޒަރެވެ. އަންނަ މަހުގެ ހަތްވަނަ ދުވަހު ރިލީޒްކުރާ މި ފިލްމާ ގުޅޭގޮތުން ހީނާ ބުނީ މި ފިލްމަށް ސޮއިކުރީ މި ފިލްމަކީ އެހެން ފިލްމުތަކާ ހިލާފަށް ވަރަށް ތަފާތު ފިލްމަކަށް ވުމުން ކަމަށެވެ.

ރޯހަން ޝާހް ފިލްމުގެ ފިރިހެން ލީޑުން ފެނިގެންދާއިރު އޭނާ ފިލްމުގައި ކުޅޭނީ ނެގަޓިވް ރޯލެކެވެ.

ހީނާ ވަނީ މީގެ ކުރިން ގިނަ އަދަދެއްގެ ޑްރާމާ ސިލްސިލާތަކުގައި މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި ސްޓާ ޕްލަސްއިން ގެނެސްދޭ "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ" ހިމެނެއެވެ.

comment ކޮމެންޓް