ލިވަޕޫލުގެ ސަޕޯޓަރުންނަށް އުފާވެރި ހަބަރެއް! ކުލަބް 360 އިން ޑިސްކައުންޓް

ލިވަޕޫލް ފޭންސް ކްލަބުން ކެފޭ 360ގައި ބޭއްވި އިވެންޑްގެ ތެރެއިން -- ސަން ފޮޓޯ./ ފަޔާޒު މޫސާ

ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުންގެ ކުލަބުގެ މެންބަރުންނަށް މާލޭގެ މަޝްހޫރު ކެފޭ ރެސްޓޯރެންޓެއް ކަމަށްވާ "ކުލަބް 360" އިން ޑިސްކައުންޓް ދޭން އެ ރެސްޓޯރަންޓުން ނިންމައިފި އެވެ.

ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލު ކުރި ފޯރިގަދަ މެޗުގެ ކުޅުން ބަލާލުމަށް ކެފޭއަށް އެއްވެފައި ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންތަކާ އެކު ކުލަބު 360 އިން ވަނީ ރާއްޖޭގެ ލިވަޕޫލް ސަޕޯޓަރުންގެ ކުލަބާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ލިވަޕޫލްގެ އޮފިޝަލް މެމްބާޝިޕް ކާޑު އޮޮތް އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކުލަބް (އޯއެލްއެސްސީ)ގެ ކޮންމެ މެމްބަރަކަށް އެ ކެފޭއިން ނަގައި ކޮންމެ ކެއުމަކަށާއި ބުއިމަކަށް ޑިސްކައުންޓް ލިބޭނެ އެވެ.

ލިވަޕޫލް ފޭންސް ކްލަބުން ކެފޭ 360ގައި ބޭއްވި އިވެންޑްގެ ތެރެއިން -- ސަން ފޮޓޯ./ ފަޔާޒު މޫސާ

މި އެއްބަސްވުމުގައި އޯއެލްއެސްސީގެ ފަރާތުން ސޮއި ކުރީ އެ ކުލަބުގެ ޗެއާމަން ބައްސާމް ރަޝީދު އެވެ. ކުލަބު 360ގެ ފަރާތުން ސޮއި ކުރީ ކެފޭގެ އޯނަރު އަހުމަދު އަކްރަމް އެވެ.

މި އެއްބަސްވުމުގެ ދަށުން އެ ކުލަބުގެ އޮފިޝަލް މެމްބަރުން ކެފޭއިން އޯޑަރު ކުރާ ކާބޯތަކެތިން 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. އެކަމަކު ކެފޭއިން ނަގާ ސިނގިރޭޓް، ޝީޝާ ފަދަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ބާވަތަކުން ޑިސްކައުންޓެއް ނުލިބޭނެ އެވެ.

ލިވަޕޫލް ފޭންސް ކްލަބުން ކެފޭ 360ގައި ބޭއްވި އިވެންޑްގެ ތެރެއިން -- ސަން ފޮޓޯ./ ފަޔާޒު މޫސާ

އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް އަކީ އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ކްލަބް ލިވަޕޫލްގަ ރަޖިސްޓްރީ ވެގެން ހިންގާ އަދި ރާއްޖޭގެ ޔޫތު މިނިސްޓްރީގައި ވެސް ރަޖިސްޓްރީ ވެގެން ހިންގާ ކްލަބެކެވެ. މި ކުލަބުގައި 300 އަށް ވުރެ ގިނަ މެމްބަރުން ވަނީ ރަސްމީކޮށް ރަޖިސްޓްރީ ވެފަ އެވެ.

އޯއެލްއެސްސީ މޯލްޑިވްސްގެ ފަރާތުން ކޮންމެ އަހަރަކު ވެސް ތަފާތު އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކިއެކި ސަޕޯޓާސް ކްލަބުތަކުގެ މެދުގައި ފުޓްސަލް މުބާރާތްތައް ބޭއްވުމާއި، އެކިއެކި އެން.ޖީ.އޯ އާއި ގުޅިގެން ޗެރިޓީ މަސައްކަތްތަކުގައި ދަނީ ބައިވެރިވަމުންނެވެ. އަދި ފުޓުބޯޅަ މެޗު އޮންނަ ދުވަސްދުވަހު އެންމެން އެއް ތަނަކަށް އެއްވެގެން މެޗު ބެލުން ފަދަ ކަންތައްތައް ވެސް މި ކުލަބުން ކުރިއަށް ގެންދެ އެވެ.

ލިވަޕޫލް ފޭންސް ކްލަބުން ކެފޭ 360ގައި ބޭއްވި އިވެންޑްގެ ތެރެއިން -- ސަން ފޮޓޯ./ ފަޔާޒު މޫސާ

ޗެއަރޕަރސަން ބައްސާމް ރަޝީދު ބުނީ މި އަހަރު ވެސް އެ ކުލަބުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

"މި އަހަރަށް މިދަނީ މިކްލަބް ގެ އިވެންޓްތަކާއި މުބާރާތްތަކާއި ކްލަބްގެ ފަރާތުން މުޖުތަމައުއަށް ކޮށްދޭނެ ކަންތަށްތަށް ރާވަމުން، އަޅުގަނޑުމެންގެ އަމާޒަކީ ކާމިޔާބު ފޭންކްލަބްއެއްގެ އިތުރުން ޕްރޮފެށަނަލް އަދި މުޖުތަމައު ބަލައިގަންނަ ފައިދާހުރި ބަޔަކަށްވުން." ބައްސާމް ބުންޏެވެ.

comment ކޮމެންޓް