އެލް ރާއީ ޕްރޮޑިއުސްކޮށް، ވިނިލް މެތިއު ޑައިރެކްޓްކުރާ ފިލްމު "ހަސީން ދިލްރުބާ"ގެ ޝޫޓިން ފަށައިފިއެވެ.
ތާޕްސީ ޕަންނޫ އަންހެން ލީޑު ރޯލު ކުޅޭ އެ ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާއިރު މި ފިލްމަކީ ތްރިލާއެކެވެ. މީހެއްގެ މަރެއް ހައްލުކުރާ މަންޒަރު ފިލްމުން ދައްކުވައިދޭއިރު މި ފިލްމުގައި ތާޕްސީ އާއެކު ފެނިގެންދާނީ ވިކްރަންތު މަސީއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ޝޫޓިން ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ފިލްމުގެ ޝޫޓިން ފެށިކަން ތާޕްސީ ވަނީ އިންސްޓަގްރާމްގައި ކަށަވަރުކޮށްދީފައެވެ.
ގިނަ ފިލްމުތަކުން ފެނިފައިވާ ތާޕްސީ އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ އުންމީދީ ބަތަލާއެވެ. އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ޕިންކް"، "ބަދްލާ"، "ޖުޅްވާ 2" އަދި "ޕިންކް" ހިމެނެއެވެ.