ނުވަ އަހަރުފަހުން ކަރީނާ އާއި ޝާހްރުކް އެކުގައި ސްކްރީނުން

ކަރީނާ އާއި ޝާހްރުކް---

ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމަކުން ޝާހްރުކް ހާން އާއި ކަރީނާ އެކުގައި ފެނުމުގެ ފުރުސަތު ބޮޑުކަމަށް ހަބަރުތައް ބުނެފިއެވެ.

ހަބަރުތައް ބުނާގޮތުގައި ޝާހްރުކް މިހާރު ވަނީ އެ ފިލްމަށް ސޮއިކޮށްފައެވެ. ޒީރޯ އަށްފަހު ފިލްމެއް ނުކުޅެ ދެއަހަރު ފަހުން ޝާހްރުކް ފިލްމެއް ކުޅެން ސޮއިކޮށްފައިވާ ކަމަށް ހަބަރުތައް ބުނި ނަމަވެސް އެކަން އޭނާ ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެ ފިލްމުގެ މަސައްކަތް ކުރިއަށް އޮތް ދެމަހެއް ދުވަސްތެރޭ ފެށުމަށް ހަމަޖެހިފައިވާއިރު އެ ފިލްމުން ފެނިގެންދާ އަންހެން ބަތަލާ އަކަށް ކަރީނާ ހަމަޖައްސާފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ކަރީނާ އާއި ޝާހްރުކް އެކުގައި މި ފިލްމުން ފެނިގެން ގޮސްފިނަމަ މި ފިލްމު ވެގެންދާނީ ނުވަ އަހަރު ފަހުން އެދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ފިލްމަށެވެ. ދެތަރިން އެކުގައި އެންމެ ފަހުން ކުޅުނު ފިލްމަކީ 2011 ވަނަ އަހަރު އަނޫބާވް ސިންހާ ގެނެސްދިން ރާވަން އެވެ.

ކަރީނާގެ ފިލްމު "ގުޑް ނިއުޒް" މިހާރު އަންނަނީ ސިނަމާތަކުގައި ދައްކަމުންނެވެ. އެ ފިލްމަށް މިހާރު 300 ކުރޯޑަށްވުރެ ގިނަ އާމްދަނީ ލިބިފައިވެއެވެ.

ޝާހު މިހާރު އަންނަނީ ސްޓާ ޕްލަސްއިން ގެނެސްދޭ ޝޯ ޓެޑް ޓޯކްސް ހޯސްޓުކުރަމުންނެވެ.

comment ކޮމެންޓް