މާމެންދުއަށް ގޮތްނޭނގޭ 44 ޕާރުސަލް ލައްގައިފި

މާމެންދޫއަށް ލެއްގި ޕާރުސަލުތައް -- ފޮޓޯ/ޕޮލިސް

ގއ. މާމެންދޫ ގޮނޑުދޮށަށް ގޮތް ނޭނގޭ ޕާރުސަލުތަކެއް ލައްގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާމެންދޫގެ ދެކުނު ފަރާތުގެ ގޮނޑުދޮށަށް ގޮތް ނޭނގޭ ޕާރްސަލުތަކެއް ލައްގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 06:35ގައި ލިބިފައިވާ ކަމަށެވެ.

އަދި ފުލުހުން ބެލި ބެލުމުން އޭގެ 44 ޕާރުސަލް ލައްގާފައިވާ ކަމަށާއި އެ ޕާރުސަލްތަކުގައި ހުރި އެއްޗެހި ޓެސްޓު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާމެންދޫ އަށް ގޮތް ނޭނގޭ ޕާރުސަލުތަކެއް ލައްގާފައި ވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ސިފައިންގެ ތަމްރީނުތައް ހެދުމަށް ބޭނުންކުރާ ރަށެއްކަމަށްވާ ކ.ގިރިފުށީ ޖެޓީ ކައިރިއަށް ގޮތްނޭނގޭ ޕާރުސަލެއް ވަނީ ލައްގައިފަ އެވެ.

އަދި ބ. އޭދަފުށްޓަށް ވެސް ހަމަ އެފަދަ ޕާރުސަލެއް މިދިޔަ ޑިސެމްބަރު މަހު ވަނީ ލައްގައިފަ އެވެ. ގިރިފުށި އަދި އޭދަފުށްޓަށް ލެއްގި ޕާރުސަލުގައި ހުރީ ބަންދުކޮށްފައި ހުރި ފަތްތަކެކެވެ. ނަމަވެސް އެއީ ކޮން ކަހަލަ ފަތްތަކެއް ކަމެއް އަދި ދެނެގަނެވިފައެއް ނުވެ އެވެ.

comment ކޮމެންޓް