އެމިނެމްގެ ސަޕްރައިޒް އަލްބަމެއް ފޭނުންނަށް

މަޝްހޫރު ލަވަކިޔުންތެރިޔާ އެމިނެމް---

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެމިނެމްގެ އާ ލަވަ އަލްބަމެއް ނެރެފިއެވެ.

އަލްބަމެއް ނެރެން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް ނުދީ އެމިނެމް ނެރުނު އަލްބަމަކީ އޭނާގެ 11 ވަނަ އަލްބަމެވެ. "މިއުޒިކް ޓު ބީ މާޑާޑް ބައި" ނަމުން ނަންދީފައިވާ އެ އަލްބަމުގައި ޖުމްލަ 20 ލަވަ ހިމެނެއެވެ.

އަލްބަމްގައި ހިމެނޭ ލަވަ "ޑާކްނެސް" ގެ ވީޑިއޯއެއް އެމިނެމް ވަނީ އޭނާގެ ފޭނުންނަށް ދޫކޮށްލާފައެވެ. ދެއަހަރު ފަހުން އޭނާ ނެރުނު އަލްބަމަށް ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ.

އަލްބަމްގައި ގިނަ ލަވަކިޔުންތެރިންނެއް ހިއްސާވެއެވެ. އޭގެ ތެރޭގައި އެޑް ޝީރަނާއި ޔަންގް އެމްއޭ އާއި ޖޫސް ވޯލްޑާއި ސްކައިލާ ގްރޭ، އެންޑަސަން ޕާކް ފަދަ މަޝްހޫރު ލަވަކިޔުންތެރިންނެއް ހިމެނެއެވެ.

އެމިނެމްގެ އަލްބަމެއް އެންމެ ފަހުން ނެރުނީ 2017 ވަނަ އަހަރުގައެވެ. އެ އަލްބަމަކީ 19 ލަވަ ހިމެނޭ "ރިވައިވަލް" އެވެ. އޭނާ ވަނީ 15 ގްރެމީ އެވޯޑް ހާސިލުކޮށްފައެވެ.

comment ކޮމެންޓް