ލަވަކިޔުންތެރިޔާ ރިހާނާ މިހާރު ހުރީ ހުސްކޮށް!

ރިހާނާ އާއި ޖަމީލު---

މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ މިހާރު ސިންގަލް ވެއްޖެ ކަމަށް ހަބަރުތައް ބުނެފިއެވެ.

ރިހާނާ ލޯބީގެ ގޮތުން އުޅުނީ ސައުދީގެ މަހުޖަނު ހަސަން ޖަމީލު އާއެވެ. ތިން އަހަރު ދުވަސްވީ އެގުޅުން ނިމުނު ސަބަބެއް ހާމަކޮށްފައިނުވާއިރު މިހާރު ރިހާނާ އަންނަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ރާކިމް އެތަލެޒްޓަން މޭޔާޒް އާ ގާތް ގުޅުމެއް ބާއްވަމުންނެވެ.

އެ ދެތަރިން އެކުގައި ވަގުތު ހޭދަކުރަމުންދިޔަ ފޮޓޯތަކެއް ވެސް ވަނީ މީޑީއާތަކުގައި ތިލަވެފައެވެ.

ރިހާނާ އާއި ޖަލީލު ލޯބީގެ ގޮތުން ގުޅުނީ 2017 ވަނަ އަހަރުގައެވެ.

ދުނިޔޭގެ އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ރިހާނާ ވަނީ މީގެ ކުރިންވެސް މަޝްހޫރު ފަންނާނުންނާ ލޯބީގެ ގުޅުން ބާއްވާފައެވެ.

comment ކޮމެންޓް