މެދުފުށި ރިސޯޓު ބޭރުގައި ބަންޑުން ޖަހާލާފައި އޮތް ބޭރު ބޯޓެއް ފެނިއްޖެ

މެދުފުށި ރިސޯޓު ފުއްޓަރު ފަރާތު ބޭރުގައި ބަންޑުން ޖަހާލާފައި އޮތް ބޯޓު -- ފޮޓޯ/ ޕޮލިސް

މ. އަތޮޅު މެދުފުށި ރިސޯޓު ފުއްޓަރު ފަރާތު ބޭރުގައި ބަންޑުން ޖަހާލާފައި އޮތް ބޯޓެއް ފެނިގެން ފުލުހުންނާއި އެމްއެންޑީއެފް ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ރިސޯޓުގެ ބޭރުގައި ބޯޓެއް ހެން ހީވާ އެއްޗެއް ބަންޑުން ޖަހާލާފައި އޮތް ކަމުގެ މައުލޫމާތު މިއަދު 13:00 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި ފުލުހުން އެސަރަހައްދަށް ގޮސް ބެލި އިރު، ފަރު ބޭރަށް ބޯޓެއް ބަންޑުން ޖަހާލާފައި ވާތީ ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެ ބޯޓަކީ ލަންކާގެ މަސް ބޯޓެއް ކަމަށް ބެލެވޭ ކަމަށެވެ. އެ ސަރަހައްދުން އަދި އެއްވެސް މީހަކު ފެނިފައި ނުވާ ކަމަށާއި އެހެން ނަމަވެސް ފުލުހުންނާއި އެމްއެންޑީއެފް އެ ސަރަހައްދުގައި ހަރަކާތްތެރިވެ އިތުރަށް އެ ސަރަހައްދު ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް