މަލަންގްގެ ޓައިޓަލް ލަވަ ދައްކާލައިފި

މަލަންގް ގެ ޕޯސްޓަރެއް--

ބޮލީވުޑްގެ ބަތަލާ ދިޝާ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު މަލަންގްގެ ޓައިޓަލް ލަވަ އާންމުކޮށްފި އެވެ.

މަޑުމައިތިރި ހިތްގައިމު އެ ލަވަ އަކީ ވެދު ޝަރުމާގެ ހިތްގައިމު އަޑުން ކިޔާފައިވާ ލަވައެކެވެ. އެ ލަވައިގެ މިއުޒިކް ވެސް އޭނާ ހެދި އިރު އެ ލަވައިގެ ޅެން ހެދީ ހާޝް ލިމްބާޗިއާ އާއި ކުނާލް ވަރުމާ އެވެ.

އެ ލަވައިން ދިޝާ އާ އެކު ފެނިގެންދިޔައީ ފިލްމުގެ ފިރިހެން ލީޑުން ފެނިގެންދާ އަދިތްޔާ ރޯއީ ކަޕޫރެވެ. ވަރުގަދަ އެކްޝަން ތަކެއް ހިމެނޭ މި ފިލްމުވެގެންދާނީ އަދިތްޔާ އާއި ދިޝާ ޕަޓާނީ ލީޑް ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. ފިލްމުގައި އެދެތަރިންގެ އިތުރުން ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނިލް ކަޕޫރާއި ކުނާލް ކޭމޫވެސް ފެނިގެންދާނެ އެވެ.

މި ފިލްމު ރިލީޒްކުރާނީ ފެބްރުއަރީ ހަތެއްގައެވެ. އެ ފިލްމު ޑައިރެކްޓްކުރީ މޯހިތު ސުރީއެވެ. އޭނާ އަކީ އޭކް ވިލަން އާއި އާޝިގީ 2 ވެސް ޑައިރެކްޓްކުރި ޑައިރެކްޓަރެވެ.

comment ކޮމެންޓް