"ލަވް އާޖް ކަލް" ގެ ޓްރެއިލާ އާންމުކޮށްފި

ލަވް އާޖް ކަލް ގެ ޓްރެއިލާގެ މަންޒަރެއް---

ލޯބިވެރިންގެ ދުވަހު ރިލީޒްކުރުމަށް އަމާޒު ހިފާފައިވާ "ލަވް އާޖް ކަލް"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

އަންނަ މަހު 14ގައި ރިލީޒްކުރާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ސާރާ އަލީ ޚާން އާއި ކަރުތިކް އާރްޔަންއެވެ. ޑައިރެކްޓަރު އިމްތިއާޒް އަލީގެ އެ ފިލްމަކީ 2009 ވަނަ އަހަރު ރިލީޒްކުރި އިމްތިއާޒްގެ ފިލްމު "ލަވް އާޖް ކަލް"ގެ ސީކުއަލެކެވެ. ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ސާރާގެ ބައްޕަ ކާމިޔާބު ބަތަލު ސައިފް އަލީ ހާންއާއި ދީޕިކާ ޕަދުކޯންއެވެ.

ޓްރެއިލާ ގިނަ ބަޔަކު ބެލިއިރު އެ ޓްރެއިލާ ބަލާފައި އެންމެންވެސް ތިބީ ފިލްމު ބެލުމަށް ކެތްމަދުވެފައެވެ. މި ފިލްމުގައި ދެ ދައުރެއް ދައްކުވައިދޭނެ އެވެ. އެއީ 2020 އާއި 1990 އެވެ.

ކާރްތިކް އަދި ސާރާއަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ޖޯޑެކެވެ. ޚުދު ސާރާވެސް ވަނީ އެކި ފަހަރު މަތިން އޭނާ ކާރްތިކްއާ ވަރަށް ބޮޑަށް ގަޔާވާކަން ހާމަކޮށްފައެވެ. އެހެންކަމުން ގިނަ ބަޔަކު ތިބީ ސާރާ އަދި ކާރްތިކްގެ އޮންސްކްރީން ކެމިސްޓްރީ ބަލައިލުމަށް ކެތްމަދުވެފައެވެ.

comment ކޮމެންޓް