ސްޓެލްކޯއިން މާލޭ އާއި ހުޅުމާލޭގައި ލެޑްލައިޓް ބަހަން ފަށައިފި

ލެޑްލައިޓްތައް ބަލައި ގޮސް މީހުން ކިއު ހަދާފައި-- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ އިން މާލޭ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް އެލްއީޑީ (ލެޑް)ލައިޓް ބަހަން ފަށައިފި އެވެ.

ލެޑްލައިޓް ބަހަން ފަށައިފައި ވަނީ މިއަދު ހެނދުނު 09:30 އެވެ. އެ ހަރަކާތް މިއަދު ހަވީރު 05:30 ވަންދެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

ސްޓެލްކޯއިން ބުނީ ލެޑްލައިޓްތައް ދޫކުރާ ތަންތަނަށް ދިއުމުން ހިލޭ ހަތަރު ލެޑްލައިޓް އައިޑީކާޑް ހިފައިގެން ކޮންމެ މީހަކަށް ދޫކުރާނެ ކަމަށެވެ.

އެ ލައިޓްތައް ދޫކުރާއިރު ޕްލާސްޓިކް ކޮތަޅު ދޫނުކުރާނެ ކަމަށާއި އެހެންކަމުން ގެއިން ކޮތަޅު ގެނައުމަށް ސްޓެލްކޯއިން އިލްތިމާސްކުރެ އެވެ.

ސްޓެލްކޯ އިން ބުނީ ލެޑްލައިޓްތައް ބޭނުންވާ ފަރާތްތަކުން މިހާރު ވެސް ބޮޑު ކިއުއެއް ދަމާލައިފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ހުރި ސްޓޮކްތައް ހުސްވެއްޖެ ނަމަ 05:30 ކުރިން ވެސް އެ ހަރަކާތް ހުއްޓާލާނެ ކަމަށެވެ.

މާލޭގައި ލެޑް ލައިޓް ދޫކުރާ ސަރަހައްދުތައް

- ސްޓެލްކޯ މައި އޮފީސް.

- ޓީވީއެމް ކުރިމަތި ޕާކު.

- އިސްކަންދަރު މައިޒާން ޕާކް

- ބޭންކްއޮފް މޯލްޑިވްސް ކުރިމަތި.

- މަޖީދިއްޔާ ކުރިމަތި ޕާކު.

- ގަލޮޅު ބޯޅަ ދަނޑުކަންމަތި (މަޖީދީ މަގު).

- ހިއްތަން މައިޒާން(ލިލީމަގު/ ޗާންދަނީ މަގު ކަންމަތި)

- ކުރީގެ ވެސްޓް ޕާކް ގޯޅިތެރެ.

- މާފަންނު މަދުރަސާ މަޖީދީމަގު ކުރިމަތި.

- ދަރުމަވަންތަ ހޮސްޕިޓަލް ޕާކު.

ހުޅުމާލޭގައި ލެޑް ލައިޓް ދޫކުރާ ސަރަހައްދުތައް

- ރުއްގަނޑު 1، 2

- ސެންޓްރޯ މޯލް.

- ރެޑްވޭވް މޯލް.

comment ކޮމެންޓް