ރޭޕްގެ މައްސަލައިގައި ހިމެނޭ ދެބަފައިން ކާޑެއްދޫ ސިފައިންގެ މަރުކަޒަށް ގެންގޮސްފި

ރޭޕްގެ މައްސަލައިގައި މުއްދަތު ޖެހި ދެބަފައިން ގދ. ކާޑެއްދުއަށް އަރުވަނީ-- ފޮޓޯ/ކިޔުންތެރިއެއް

ދެ އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ގދ. ކާޑެއްދޫގައި ހުންނަ ސިފައިންގެ މަރުކަޒަށް ގެންގޮސްފިއެވެ.

ކާޑެއްދޫގައި ހުރި މީހަކު ވަނީ އެކަން "ސަން" އަށް ކަށަވަރުކޮށްދީފަ އެވެ. އޭނާ މައުލޫމާތު ދިން ގޮތުގައި އެ ދެމީހުން ކާޑެއްދުއަށް ގެންދިޔައީ މިރޭ 1:12 އެހައިކަންހާއިރުއެވެ. އަދި އެ ދެމީހުން ކާޑެއްދޫ ޖެޓީން ގެންދިޔައީ އެމްއެންޑީއެފްގެ ޕިކަޕެއްގަ އެވެ.

އެ ދެމީހުން ކާޑެއްދުއަށް ގެންދިޔައީ ގއ. ވިލިނގިއްޔާއި ގދ. ތިނަދޫ ބަނދަރުގައި އެ ދެމީހުންނާ ދެކޮޅަށް އަޑުއުފުލަން ގިނަ އަދަދެއްގެ މީހުން އެއްވެފައި ތިބުމުންނެވެ.

މީގެ އިތުރުން އެ ދެމީހުންނަށް މުއްދަތު ޖެހުމަށް ގެމަނަފުއްޓަށް ގެންދިއުމުން އެ ރަށު މީހުން ވެސް ވަނީ މުޒާހަރާކޮށްފަ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުން މާލެ ގެނައުމަށް މިހާރު ވަނީ ނިންމާފައެވެ.

comment ކޮމެންޓް