ރޭޕްގެ މައްސަލާގައި ކުއްޖާގެ ކާފައާއި މުނިކާފައަށް 15 ދުވަހުގެ ބަންދެއް

ޖިންސީ ގޯނާ ލިބުނު ކުޑަކުއްޖާގެ މުނިކާފަ، ހައްޔަރު ކޮށްގެން ގެންދަނީ-- ފޮޓޯ/ކިޔުންތެރިއެއް

ދެކުނުގެ ރަށެއްގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ އެކުއްޖާގެ ކާފައާއި މުނިކާފައަށް 15 ދުވަހުގެ ބަންދެއް ޖަހައިފި އެވެ.

ގއ. ކަނޑުހުޅުދޫގައި ތިބި އެ ދެ މީހުންނަށް މުއްދަތު ޖެހުމަށް މިއަދު ގެންދިޔައީ އެ އަތޮޅު ގެމަނަފުއްޓަށެވެ.

ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން "ސަން"އަށް ވިދާޅުވީ ގެމަނަފުށީ ފުލުސް އޮފީހުގައި އެ ދެ މީހުން ތިބިއިރު، އެ ރަށު އާންމުން އެ ސަރަހައްދަށް އެއްވެ، މުޒާހަރާ ކޮށްފައިވާ ކަމަށެވެ.

"މުޒާހަރާ ކުރި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބުނު. މުޒާހަރާ ކޮންޓްރޯލު ކުރަންވެގެން ފަހުން އެހެން ރަށަކުން ފުލުހުންގެ އިތުރު ޓީމެއް ވެސް އައި،" ޝިޔާން ވިދާޅުވި އެވެ.

ޝިޔާން ވިދާޅުވީ އެ ރަށު ކޯޓުގެ މެޖިސްޓްރޭޓް މިވަގުތު ހުންނެވީ ޗުއްޓީގައި ކަމަށްވުމުން އެ ދެމީހުންނަށް މުއްދަތް ޖެހީ އެ އަތޮޅު ވިލިނގިލިން ގާޒީއެއް ގެނެސްގެން ކަމަށެވެ.

ކުޑަކުއްޖާ ރޭޕް ކުރި މައްސަލާގައި ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ހުޅުމާލޭ ފްލެޓެއްގައި ފިލައިގެން ހުއްޓައި މިރޭ ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް