ތަނަޖީ އަށް 100 ކުރޯޑުގެ އާމްދަނީއެއް

ތަނަޖީގެ ޕޯސްޓަރެއް---

ބޮލީވުޑްގެ ކާމިޔާބު ތަރިން ކަމަށްވާ ކާޖޮލް، އަޖޭ ދޭވްގަން އަދި ސައިފް އަލީ ހާން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތަނަޖީ: ދި އަންސަންގް ވޮރިއާ" މިހާރު ސިނަމާތަކުގައި ދައްކަމުން އަންނައިރު އެ ފިލްމަށް 100 ކުރޯޑުގެ އާމްދަނީއެއް ލިބިއްޖެއެވެ.

ފިލްމު ރިލީޒްކުރިތާ ހަތްވަނަ އަށްވީ ދުވަހު އެ ފިލްމަށް ވަނީ 100 ކުރޯޑުގެ އާމްދަނީއެއް ލިބިފަ އެވެ.

އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އަޖޭ އާއެކު އެ ފިލްމުން ފެނިގެންދާނޯ ބޮލީވުޑްގެ ކާމިޔާބު ތަރި އަޖޭގެ އަންހެނުން ކާޖޮލް އެވެ. އަދި އެ ފިލްމުން ސައިފް އަލީ ހާންވެސް ފެނިގެންދާނެއެވެ.

އެ ފިލްމު އެޅުވިތާ ފުރަތަމަ ދުވަހު ވެސް އެ ފިލްމަށް ވަނީ 15 ކުރޯޑުގެ އާމްދަނީއެއް ލިބިފަ އެވެ.

އަޖޭގެ ތަނަޖީ އާއެކު ދީޕިކާ ޕަދުކޯންގެ ޗަޕާކް ވެސް ވަނީ ސިނަމާތަކުގައި ދައްކަން ފަށާފަ އެވެ. ނަމަވެސް ދީޕިކާގެ ޗަޕާކް އަށް ވުރެ އަޖޭގެ ތަނަޖީ އަށް މާ ތާއީދު ބޮޑެވެ.

comment ކޮމެންޓް