ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަނީ

ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ

ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ހަސަން ދީދީ އާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަނީ މެޖިސްޓްރޭޓް ހަސަން ދީދީ އެރަށު ކޯޓުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީއާއި ގުޅިގެން ހުށަހެޅިފައިވާ ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރަމުންދާތީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.

https://sun.mv/122362

އެ މައްސަލައިގެ ތަހުގީގު ނިމެންދެން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ގާޒީ ހަސަން ހުންނެވީ އަދިވެސް ސަސްޕެންޝަނުގަ އެވެ.

comment ކޮމެންޓް