ކުޑަ ދޮރު ތަޅު ނުލާ ހުއްޓާ ވަދެ، އައިފޯނާއި އެއާޕޮޑް ވަގަށް ނަގައިފި

ހުޅުމާލެ: ތަޅުނުލާ ހުރި ގެއަކަށް ވަދެ ވަނީ ވައްކަން ކޯށްފައި ސަން ފޮޓޯ -- ފަޔާޒު މޫސާ

ހުޅުމާލޭގައި ރޭ މެންދަމު ތަޅު ނުލާ ހުރި ގެއަކަށްވަދެ ވައްކަން ކޮށްފި އެވެ.

ފުލުހުން ބުނީ، ރޭ މެންދަމު 3:40 ހާއިރު ހުޅުމާލޭ ފްލެޓެއްގެ ބޭރު ކުޑަ ދޮރު ތަޅު ނުލާ ހުއްޓާ ވަދެ، އައިފޯނަކާއި އެއާޕޮޑެއް ވަގަށް ނަގާފައިވާ ކަމުގެ މައުލޫމަތު ލިބުނު ކަމަށެވެ. އަދި އެއްގަޑި އިރު ތެރޭ އެ ތަކެތި ހޯދައި، މީހަކު ހައްޔަރު ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ހުޅުމާލޭ ޕޮލިސް އިން ކުރި މަސައްކަތުން، ގެއްލުނު ތަކެތި ރޭ ފަތިހު 4:20 ހާރު ހޯދާ، 30 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވޭ،" ފުލުހުން ބުންޏެވެ.

ނިދުމުގެ ކުރިން ގޭގެ ދޮރުތައް ތަޅުލާފައި ހުރި ތޯ ޗެކް ކުރުމަކީ ފުލުހުން އަބަދުވެސް އިރުޝާދުދޭ ކަމެކެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު މިހާތަނަށް ވައްކަމުގެ 188 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާ ފައެވެ. މިދިޔަ އަހަރު ޖެނުއަރީ މަހު ހުށަހެޅުނު ވައްކަމުގެ މައްސަލަތަކުގެ އަދަދަކީ، 330 އެވެ. މުޅި ޖުމްލަ މިދިޔަ އަހަރުތެރޭ ވައްކަމުގެ 4،552 މައްސަލައެއް ހުށަހެޅުނެވެ.

comment ކޮމެންޓް