ގެސްޓު ހައުސްއަކަށް އުމުރުން ދުވަސްވީ މީހަކު ވައްދައި 4000 ރުފިޔާ ފޭރިގެންފި

ފޭރިގަތްކަމަށް ބެލެވޭ ފައިސާތައް ފުލުހުން ހޯދައިފައި--- ފޮޓޯ: ފުލުހުން

މާލޭގެ ގެސްޓު ހައުސްއަކަށް އުމުރުން ދުވަސްވީ މީހަކު ވައްދައި 4000 ރުފިޔާ ފޭރިގެންފިއެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގިކަމަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 01:45 އެހައިކަންހާއިރު ކަމަށެވެ.

އެ މައްސަލައިގައި 41 އަހަރުގެ ދިވެހި އަންހެނަކާއި 34 އަހަރުގެ ފިރިހެނެއް ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ބަލައި ފާސްކުރިއިރު ފޭރިގަތްކަމަށް ބެލެވޭ 4000 ރުފިޔާއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެެޓެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.

comment ކޮމެންޓް