އައިކޮމްގައި ވިސްލްބްލޯ ކުރުމާ ބެހޭ ކޮމެޓީއެއް އުފައްދައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ދާއިމީ ކޮމެޓީއެއްގެ ގޮތުގައި "ވިސްލްބްލޯ ކުރުމާ ބެހޭ ކޮމެޓީ" އެއް މިއަދު އުފައްދައިފި އެވެ.

މިއީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނާ ގުޅިގެން އުފެއްދި ކޮމިޓީއެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އުފެއްދި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ލީގަލް އެފެއާޒް ޑިރެކްޓަރު، ފާތިމަތު ސައުސަނާއި އެޑްމިނިސްޓްރޭޓިވް އޮފިސަރު، މަރްޔަމް އިބްރާހީމާއި، ޝައްފާން ގާސިމް އެވެ.

ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ، ފާތިމަތު ސައުސަން އެވެ.

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ގާނޫނަށް އަމަލުކުރާ ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުގައި ވިސްލްބްލޯކުރުމުގެ އެތެރޭގެ އިންތިޒާމް ހަމަޖައްސައި، އެ އިންތިޒާމްތަކުގެ މައުލޫމާތު އެ ފަރާތުގެ މުވައްޒަފުންނަށް ދޭންވާނެ ކަމަށެވެ.

މިއީ ގާނޫނުގެ ދަށުން ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ކޮމިޓީކަން ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް