ގދ. ތިނަދޫ އުތުރުފަރާތު ކުނިކޮށްޓާ ދިމާލުން ފަރުބޭރަށް ޑައިވިނަށް ދިޔަ ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މަރުވެފައި ވަނީ އެ ސަރަހައްދަށް ކުދި މަސް ނަގަން ޑައިވް ކުރި 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހާ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 14:12 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.
އެ ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.