ފަތުރުވެރިކަމާ ގުޅޭ ތިން ގަވައިދެއް ބަދަލު ކުރަން ހިޔާލު ހޯދަނީ

ށ. ވަގަރުގައި ތަރައްގީކުރި ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ ބީޗް ވިލާއެއް

ފަތުރުވެރިކަމުގެ ތިން ގަވައިދަކަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ އެ މިނިސްޓްރީ އިން މިހާރު އަމަލުކުރަމުންދާ ހުރިހާ ގަވައިދެއް އިސްލާހުކޮށް ޓޫރިޒަމް ސިނާއަތުގެ މަސްލަހަތު ހުރި ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ މިނިސްޓްރީ އިން މިފަހަރު ހުޅުވާލީ، ފަތުރުވެރިކަމާ ގުޅޭ ތިން ގަވައިދަކަށް އާންމުންގެ ހިޔާލު ހޯދާށެވެ. އެ ތިން ގަވައިދަކީ؛

  1. ރާއްޖޭގެ ޓޫރިޒަމާ ބެހޭ ތަފާސް ހިސާބު ތައްޔާރު ކުރުމަށް ބޭނުންވަ މައުލޫމާތު ހޯދުމާ ބެހޭ ގަވައިދު.
  2. އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޓޫރިސްޓު ރިސޯޓުތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގަވައިދު.
  3. ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ހަފްލާ ބޭއްވުމާ ބެހޭ ގަވައިދު.

ޓޫރިޒަމް އިން ބުނީ މި ތިން ގަވައިދަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ 23 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ފަތުރުވެރިކަމާ ބެހޭ ތިން ގަވައިދަކަށް ހިޔާލު ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިނިސްޓްރީ އިން ބުނީ އަލުން އެކުލަވާލާފައިވާ އެހެން ގަވައިދުތަކަށްވެސް އާންމުންގެ ހިޔާލަށް ހުޅުވާލާނެ ކަމަށެވެ.

comment ކޮމެންޓް