ސްޓާ ވޯސްގެ ފަަހު ފިލްމުވެސް އެއް ބިލިއަނަށް

ސްޓާ ވޯސްގެ ފަހުގެ ފިލްމު ރައިޒް އޮފް ދަ ސްކައިވޯކާގެ މަންޒަރެއް --- ފޮޓޯ : ލޫކަސްފިލްމްސް

"ސްޓާ ވޯސް" ފްރެންޗައިޒްގެ "ސްކައި ވޯކާސް" ޓްރިލޮޖީގެ އެންމެ ފަހު ފިލްމު ކަމަށްވާ "ރައިޒް އޮފް ދަ ސްކައި ވޯކާ"އަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ސްޓާ ވޯސް ފްރެންޗައިޒްގެ ފަހުގެ ފިލްމުތައް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. އެގޮތުން ސްކައި ވޯކާސް ޓްރިލޮޖީގެ ހުރިހާ ފިލްމެއް ވެސް ވަނީ އެއް ބިލިއަން ޑޮލަށްވުރެ ބޮޑު އާމްދަނީއެއް ހޯދައިފަ އެވެ.

އެންމެ ފަހުން އެޅުވި ރައިޒް އޮފް ދަ ސްކައި ވޯކާ އަކީ މިހާތަނަށް އެންމެ ގިނަ ދުވަހުގެ ތެރޭގައި އެއް ބިލިއަންގެ އާމްދަނީއަށް ވާސިލުވި ފިލްމެވެ. އެގޮތުން އެ ފިލްމަށް އެއް ބިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައި ވަނީ ފިލްމު ދައްކަން ފެށިތާ 28 ދުވަހުގެ ތެރޭގަ އެވެ. ޓްރިލޮޖީގެ ފުރަތަމަ ފިލްމު "ފޯސް އެވޭކެންސް" 12 ދުވަހުގެ ތެރޭގައި އެއް ބިލިއަން ޑޮލަރު ހޯދިއިރު ދެވަނަ ފިލްމު "ދަ ލާސްޓް ޖެޑާއި" އަށް އެއް ބިލިއަން ޑޮލަރު ލިބުނީ 19 ދުވަހުގެ ތެރޭގަ އެވެ.

ރައިޒް އޮފް ދަ ސްކައިވޯކާއަށް މިހާތަނަށް އެމެރިކާއިން އެކަނި ވެސް ވަނީ 481 މިލިއަން ޑޮލަރު ލިބިފަ އެވެ. އަދި ބައިނަލްއަގުވާމީކޮށް އެ ފިލްމަށް 519 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ސްޓާ ވޯސްގެ ފިލްމުތައް 1977ގައި ދައްކަން ފަށާފައިވާ އިރު މިހާތަނަށް މުޅި ފްރެންޗައިޒްގެ އާމްދަނީ 10 ބިލިއަން ޑޮލަރަށް އަރަ އެވެ.

comment ކޮމެންޓް