ކްރިތީ 15 ކިލޯ ބަރުކޮށްލައިފި

ކްރިތީ ސެނަން --

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ކްރިތީ ސެނަން މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "މީމީ" އަށް އޭނާ 15 ކިލޯ ބަރުކޮށްފިއެވެ.

ލުކާ ޗުއްޕީގެ ބަތަލާ ކްރިތީ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގައި އޭނާ ކުޅެނީ ސަރޮގޭޓް މަންމައެއްގެ ރޯލެވެ. ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރު ފިލްމާ ގުޅޭ ގޮތުން ކްރިތީ ބޭރުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ ހިކިކޮށް ހުންނަ މީހަކު ކުއްލިއަކަށް އެހާ ބޮޑުތަން ބަރުވާންޖެހުމުން ބޮޑު އުނދަގުލެއްވި ކަމަށެވެ.

ފަލަވާން ކުރި މަސައްކަތަކީ ދަތި އުނދަގޫ މަސައްކަތެއް ކަމަށާއި ނަމަވެސް ޑައިޓީޝަނެއްގެ އެހީ އާ އެކު އެކަން ވެސް ކާމިޔާބުވެއްޖެ ކަމަށެވެ. އަދި މި ފިލްމުގައި އޭނާގެ އެންމެ މޮޅު އެކްޓިން ދެއްކުމަށް މަސައްކަތްކުރާނެ ކަމަށްވެސް ބުންޏެވެ.

އަންނަ މަހު ޖުލައިމަހު ނެރޭ އެ ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައެއްނުވެއެވެ. މި ފިލްމުގައި ކްރިތީގެ އިތުރުން ޕަންކަޖް ތުރިޕަތީ އާއި ސާއީ ތަމްހާކަރް ހިމެނެއެވެ.

comment ކޮމެންޓް